ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންނަށް ދަތިވާ ކަންކަމާ ގުޅޭގޮތުން ސުވާލު ކުރެއްވުމުން މިސަރުކާރުގެ ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ޖަވާބު ދެއްވަނީ އޮޅުވާލައްވައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހުމަދު ޝާކިރު ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ "ޓީވީ ޓޯކް" ޕްރޮގްރާމްގައި މެންބަރު ޝާކިރު ވަނީ، މިމަހުގެ 13 ވަނަ ދުވަހުގެ މަޖިލިސް ޖަލްސާގައި ހައުސިންގ މިނިސްޓަރު މުއްތަލިބް ދެއްވި ޖަވާބުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ މެންބަރުންގެ ސީދާ ސުވާލުތަކަށް ޖަވާބު ނުދެއްވާ ކަމަށާއި ހަގީގަތް އޮޅުވާލެއްވުމަށްޓަކައި އެހެން ވާހަކަތައް ދައްކަވާ ކަމަށެވެ.
އެގޮތުން ރިންގް ރޯޑު ތަރައްގީ ކުރުމާ ގުޅޭގޮތުން ވެސް މެންބަރު ކުރެއްވި ސުވާލަށް މިނިސްޓަރު މުއްތަލިބު ޖަވާބު ނުދެއްވައި، ވާހަކަ ވަރަށް ބޮޑަށް އޮޅުވާލައްވާފައިވާ ކަމަށް މެންބަރު ވިދާޅުވި އެވެ.
މި ޓްވިސްޓް ކޮށްލީ އެބޭފުޅާ މިދެއްކި ވާހަކައަކީ އެމަގު ބޮޑު ކުރީމަ މިހާރު އެއްކަލަ ލޯންޗުތައް. ވަށައިގެން ވަރަށް ބައިވަރު ލޯންޗުތައް އެބާ އާދޭ ތެދެއްތޯ. އެމީހުންނަށް މިދިމާވާ ދަތީގެ ވާހަކަ މިއަހަނީ. އެ ކޮބައިތޯ މެނޭޖްކުރުމުގައި އެ މަގު ހަދައިގެން އެ ލިބޭ ހައްލަކީ. މުސްކުޅި ބޭފުޅުން ފޮށި ހިފައިގެން ކޮޑަށްލައިގެން ދުވުމާއި، މިއީ ކޮންމެ ކަމެއް ރައްޔިތުންނަށް ޖެއްސުންވާ ގޮތަށް ކަންތައް ކުރީމަ އެއީ ވަރަށް ހިތާމަ ކުރަން ޖެހޭ ކަމެއް. އެކަމެއް ކުރަން ޖެހޭނީ ފަސޭހަތަކެއް ރައްޔިތުންނަށްވާ ގޮތަށް. އެކަމަކީ ވަރަށް ރަނގަޅު ކަމެއް. އެމަގު ފުޅާވުމަކީ ރަނގަޅު ކަމެއް. އެކަމަކު އެއާ ގުޅުންހުރި ބޭރުގައި އިންނަ ބައި ހިމަވެގެން މިއަންނަ ލޯންޗުތަކަށް މިވަނީ ކިހިނެތްހޭ އެސުވާލު ކުރީމަ އެވެސް ޓްވިސްޓްކޮށްފައިއަހުމަދު ޝާކިރު
މެންބަރު ޝާކިރު ވިދާޅުވީ މަޝްރޫއުތަކުން ރައްޔިތުންނަށް ލުއިފަސޭހަކަން ލިބެންޖެހޭ ކަމަށެވެ. ނަމަވެސް އެ މަޝްރޫއަކުން ރައްޔިތުންނަށް ދަތިވާ ކަމަށްވާނަމަ އެ ވާހަކަ ދައްކަވާނެ ކަމަށާއި އެކަމާ ގުޅޭގޮތުން ސުވާލު ވެސް ކުރައްވާނެ ކަމަށެވެ.