ކޮންޓްރެކްޓަރ އޮފް ފައިނޭންސްގެ ދަށުން ފެނާއި
ނަރުދަމާގެ މަސައްކަތް އެހެން ބަޔަކަށް ނުދެވޭނެ ކަމަށް މާވަށު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހުމަދު ޝާކިރު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ޓީވީ ޓޯކް"
ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މެންބަރު ޝާކިރު ވިދާޅުވީ ރައީސް ޑރ. މުއިއްޒު އެންމެ ބޮޑަށް އިސްކަމެއް ދެއްވަނީ ފެނާއި ނަރުދަމާގެ
މަޝްރޫއުތަކަށް ކަމަށް ވިދާޅުވި ނަމަވެސް، އެ މަސައްކަތްތައް ކުރިއަށް ނުދާ
ކަމަށެވެ.

އެގޮތުން ލ. ހިތަދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ކޮންޓްރެކްޓަރ އޮފް ފައިނޭންސްގެ ދަށުން
އެހެން ކުންފުންޏަކަށް ދިނުމަށް އަލި އަޅުވާލައްވައި، މެންބަރު ޝާކިރު ވިދާޅުވީ މިކަން
މިގޮތަކަށް ނުކުރެވޭނެ ކަމަށާއި މިފަދަ މަޝްރޫއުތައް ހަވާލު ކުރަން ޖެހޭނީ
ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮންނަ އެމްޑަބްލިއުއެސްސީ ފަދަ ކުންފުނިތަކަށް
ކަމަށެވެ.

މިހާރު އަސްލު އަސާސީ ފެނާއި ނަރުދަމާ ޕްރޮޖެކްޓް ކޮންޓްރެކްޓަރ އޮފް ފައިނޭންސް އަކުން އަސްލު ނުދެވޭނެ، ނުދެވޭނެ އަސްލު ފެނާއި ނަރުދަމާއެއް އެގޮތަކަށް އެއީ ސަރުކާރުގެ މިސާލަކަށް މި ކުނަހަންދޫގައި އެއުޅެނީ އެމްޑަބްލިއުއެސްސީ، އެހެންވީމަ ސަރުކާރު ފުލް ކޮންޓްރޯލް އޮންނަ ބަޔަކަށް އެކަން ދީގެން އެކަން ކުރުވަން އެބަ ޖެހޭ
އަހުމަދު ޝާކިރު 

މީގެ އިތުރުން މިދިޔަ ސަރުކާރުން މަޝްރޫއުތައް
ހިންގަން ރަށްރަށަށް ގެންގޮސް ހުރި ސިމެންތި ބަސްތާ އަދި ހޮޅި ފަދަ ތަކެތި ހުރީ
ހަލާކުވާން ދޫކޮށްލާފައި ކަމަށާއި، ރައީސް މުއިއްޒުގެ ސަރުކާރުން އެ ގެންދަވަނީ
ރައްޔިތުން ފައިސާ އިސްރާފު ކުރަމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިހުރިހާ މުދަލަކީ ކުރީ ސަރުކާރުގައި ގިނައިން ގެންގޮސް ހުރި އެއްޗެހި ދެން ހަމަ އެއްޗެހިތައް ހަލާކު، އެއީ ހަމަ ރައްޔިތުންގެ ލާރިއެއް ނޫންތޯއޭ އެދަނީ ފަނާވަމުން، އަދި ދެންމެ ތިބުނީ ކީއްވެހޭ ހޮޅި ސަކަރާތީ ހޮޅިވެސް ސަކަރާތް ވާނެ ދޯ އަވީގަ މިސާލަކަށް 3، 4 އަހަރު ބެހެއްޓީމަ އޭތި ވެސް އެއްކަލަ ގުދަނަކަށް ނުލަންޔާ އޭގެ ޒާތުގައި އެތި ކަމީނާ ވެގެން ގޮއްސަ، މީހަކު ވެސް އަވީގައި ބަހައްޓަން ވީ ހަމަ ދުވަސް ވަންދެކަ، މިހާރު އަޅުގަނޑު ބެހެއްޓި އަސް ވިޔަސް ހިއްކާ، ހިކި އަނަރޫފަ ވާނެ.
އަހުމަދު ޝާކިރު 

ސަރުކާރަށް 2 އަހަރާއި ބައި ވެގެން ދިޔައިރު އެއްވެސް މަޝްރޫއުއެއްގެ މަސައްކަތް ނުކޮށް، ބުއްދި ގަބޫލު ނުކުރާ ފަދަ ވާހަކަތައް ދައްކާލަ ދައްކާލާ ތިބެނީ ކަމަށް ވެސް މެމްބަރު ޝާކިރު ވިދާޅުވިއެވެ.