ހުޅުމާލެ ފޭސް 1 ގައި ހުންނަ ގެސްޓްހައުސްއެއްގެ ތެރެއިން މަރުވެފައި އޮތް ދިވެއްސަކު ފެނިއްޖެ އެވެ.
ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނިފައި ވަނީ ސްޓަރ، މާލެ، މުހައްމަދު ރަޒީން (50) އެވެ.
ފުލުހުން ބުނީ ހުކުރު ދުވަހު މެންދުރުގެ ވަގުތެއްގައި ހުޅުމާލެ ފޭސް 1 ގައި ހުންނަ ގެސްޓް ހައުސް އެއްގެ 3 ވަނަ ފަންގިފިލާގައި ހަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އަދި އެމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ވަނީ
މަރުވެފައި ކަމަށް ހޮސްޕިޓަލުން މައުލޫމާތުދީފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.