ހުކުރު ދުވަހު ހެނދުނު މާލެ އާއި ހުޅުމާލޭގެ ބައެއް
ސަރަހައްދުތަކުން ކަރަންޓު ކަނޑާލާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ
(ސްޓެލްކޯ) އިން ބުނެފި އެވެ.

ސްޓެލްކޯ އިން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނީގެ ޑިސްޓްރިބިއުޝަން ނެޓްވޯކުގެ މަސައްކަތަކަށް، ކޮންމެހެން ވެސް ކަރަންޓު ކަނޑާލަން ޖެހޭ ކަމަށެވެ. އެހެންކަމުން، ހުކުރު ދުވަހު ހެނދުނު 6 އާއި 7 އާ ދެމެދުގެ ވަގުތެއްގައި މާލޭގެ ބައެއް ސަރަޙައްދުތަކާއި ހުޅުމާލޭގެ ފުރަތަމަ އަދި ދެވަނަ
ނެއިބަރހުޑުން  ކަރަންޓު ކަނޑާލާނެ ކަމަށް ސްޓެލްކޯ އިން ބުނެފައިވެ އެވެ.

މިހާރަކަށް އައިސް މާލެ އާއި ހުޅުމާލެއިން އާންމުކޮށް ކަރަންޓު ކެނޑޭ މައްސަލަ ވަނީ ބޮޑު ވެފަ އެވެ. މިކަމާ ގުޅިގެން ގިނަ ރައްޔިތުން އަންނަނީ
ކަންބޮޑުވުން ފާޅު ކުރަމުންނެވެ.