"އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް އުފައްދައިފި އެވެ.
ބުރާސްފަތި ދުވަހު މި ކުންފުނި އުފެއްދެވިކަން އިޢުލާނުކޮށްފައިވަނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ، ނަންބަރު ޤަރާރު 12/2026 ޤަރާރުންނެވެ.
އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އުފެއްދެވުމުގެ މައިގަނޑު މަޤްޞަދަކީ، އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މޮޑެލަކަށް "އައްޑުއަތޮޅު ހަންކެޑެ" ތަރައްޤީކޮށް، އައްޑޫ އަތޮޅުގައި ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާކުރުމާއެކު، ފަތުރުވެރިކަމުގެ ސިނާޢަތުން ލިބޭ މަންފާ މުޅި އައްޑޫ އަތޮޅަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމާއެކު، ފަތުރުވެރިކަމުގެ ދާއިރާގައި އައްޑޫ އަތޮޅުގެ ބައިވެރިވުން އިތުރުކޮށް މި މަޝްރޫޢުގެ ދަށުން ސަރުކާރުން ކަނޑައަޅާފައިވާ އިޤްތިޞާދީ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރޭވުންތެރިކަމާއެކު ކުރިއަށް ގެންދިއުން ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.
އައްޑޫސިޓީގެ ހަންކެޑެގައި ފަތުރުވެރިކަމުގެ އާ މަޝްރޫއެއް ހިންގެވުމަށް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާ 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހު ވަނީ އިއުލާނު ކޮށްފަ އެވެ.
މި ނިންމުމާއެކު، ހަންކެޑެ ފަތުރުވެރިކަމުގެ ބޭނުމަށް
ތަރައްޤީކުރުމުގެ މަސައްކަތް އަވަސްކުރުމުގެ މަޤުސަދުގައި، ސަރުކާރުގެ
ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގާ
ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅައި، ހަންކެޑެ މޯލްޑިވްސް
ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނަށް ކުއްޔަށް ދިނުމަށް 2 ޑިސެންބަރު 2021
ގައި އެކަށައަޅުއްވާ ކުރިން ނެރުނު ގަރާރު އުވާލެއްވި އެވެ. އަދި އެ ނިންމުމާ އެކު ފަތުރުވެރިކަމުގެ އާ
މަޝްރޫއެއް ހިންގުމަށް އެ ރަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް
އެންވަޔަރަންމަންޓާ ވަނީ ހަވާލު ކޮށްފަ އެވެ.
އޭގެ ފަހުން
އޭގެ ފަހުން، ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް 17 ނޮވެމްބަރު 2025 ގައި ޒުވާނުންގެ މަރުކަޒުގެ ހޯލުގައި ކުރިއަށްދިޔަ "ރައްޔިތުންނާއެކު ކުރިއަށް - ހަފުތާ 104 ރަސްމިއްޔާތު" ގައި ވާހަކަފުޅުދައްކަވަމުން ވަރަށް އަވަހަށް ހަންކެޑޭގެ މަޝްރޫޢަށް އިންވެސްޓްކުރާ ފަރާތުން ލީޒް އެކުއިޒިޝަން ކޮސްޓް ދައްކައި އެއްބަސްވުމުގައި ސޮއިކުރާނެ ކަމުގައި ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.