ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް
އެމްޑީޕީން ވާދަކުރާ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ
ކޮމިޓީ (ޑަބްލިއުޑީސީ) ގެ ރައީސް ހޮވައިފި އެވެ.
އެލްޖީއޭގެ ބޯޑަށް މެންބަރަކު އިންތިހާބު ކުރަން
ބާއްވާ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކައުންސިލަރުން ނިންމީ އެ
ޕާޓީ އެތޭރެގައި ބޭއްވި އިންތިހާބަކުންނެވެ.
އެލްޖީއޭގެ ބޯޑަށް ވާދަކުރާނެ ކައުންސިލަރަކު
ހޮވުމަށް ބޭއްވި ޕްރައިމަރީގައި ނ. މަނަދޫ ކައުންސިލްގެ ރައީސް އަލީ ޒާފިރު، ރ.
ރަސްގެތީމު ކައުންސިލްގެ ރައީސް ހަސަން ރަޝާދު، ބ. ތުޅާދު ކައުންސިލްގެ ރައީސް އަޙްމަދު
އަފްރާޙް އަދި ލ. ގަމު
ކައުންސިލްގެ ރައީސް އަފްސަލް ޖައުފަރު ވާދަ ކޮށްފައިވެ އެވެ.
މީގެ އިތުރުން އެލްޖީއޭގެ ބޯޑަށް އ.ތ.މ ކޮމިޓީގެ
ރައީސާއަކު ހޮވުމަށް ބޭއްވި ޕްރައިމަރީގައި ލ. ގަމު އ.ތ.މ ކޮމިޓީގެ ރައީސާ މަރްޔަމް
ނީނާ، ރ. ދުވާފަރު އ.ތ.މ ކޮމިޓީގެ ރައީސާ ފާތިމަތު އަސީލާ، ފުވައްމުލަކު ސިޓީ އ.ތ.މ
ކޮމިޓީގެ ރައީސާ މަރްޔަމް ޝިއުނާ، މާލެ ސިޓީ އ.ތ.މ ކޮމިޓީގެ ރައީސާ އައިޝަތު
ރީޝާ އަދި ގއ. ކޮނޑޭ އ.ތ.މ ކޮމިޓީގެ ރައީސާ ސުއާދާ ހަސަން ދީދީ ވާދަކޮށްފައިވެ އެވެ.
މި އިންތިހާބުތައް ކާމިޔާބުކޮށް އެލޖީއޭގެ ބޯޑަށް
ކުރިމަތި ލުމުގެ ފުރުސަތު ލިބުނީ ނ. މަނަދޫ ކައުންސިލްގެ ރައީސް އަލީ ޒާފިރު އަދި ލ.
ގަމު އ.ތ.މ ކޮމިޓީގެ ރައީސާ މަރްޔަމް ނީނާ އަށެވެ.
އެމްޑީޕީން ބޭއްވި
އިންތިހާބުގައި ސިޓީ ކައުންސިލުތަކުގެ ތެރެއިން ކުޅުދުއްފުށި ސިޓީގެ މޭޔަރު އާތިފް އެކަނި ކުރިމަތިލެއްވުމުން
އޭނާ އަށް އިންތިހާބަކާ ނުލައި އެލްޖީއޭގެ ބޯޑަށް އެމްޑީޕީގެ ފަރާތުން
ކުރިމަތިލެއްވުމުގެ ފުރުސަތު ވަނީ ލިބިފައި އެވެ.
އެލްޖީއޭގެ ބޯޑަށް ވާދަކުރާ ކެންޑިޑޭޓުންގެ
ނަންތައް ހުށަހެޅުމަށް ހުޅުވާލީ 14 ޖުލައި ވީ އަންގާރަ ދުވަހު އެވެ. މި ބޯޑަށް ކުރިމަތިލުމުގެ މުއްދަތު ހަމަވެފައި ވަނީ
ބުރާސްފަތި ދުވަހު އެވެ.