މާލޭގެ މަޖީދީ މަގުގައި ހުންނަ ގާކޮށި ފްލެޓް މަރާމާތު ނުކޮށް، އެޗްޑީސީން ވަރަށް ބޮޑަށް އިހުމާލުވަމުންދާ ކަމަށް އެތަނުގައި ދިރިއުޅޭ އާއިލާތަކުން ބުނެފި އެވެ.

ގާކޮށި ފްލެޓުތައް މަރާމާތު ނުކޮށް ވަނީ ވަރަށް ގިނަ ދުވަސްވެފައި. ފާރުތަކުން ކުލަ ފޭބުމާއި، ކުނޑިފޭބުން ވަނީ އާއްމުވެފައި
ގާކޮށި ފްލެޓުތައް މަރާމާތު ނުކޮށް ވަނީ ވަރަށް ގިނަ ދުވަސްވެފައި. ފާރުތަކުން ކުލަ ފޭބުމާއި، ކުނޑިފޭބުން ވަނީ އާއްމުވެފައި

ރާއްޖެއެމްވީއަށް އެތަނުގައި ދިރިއުޅޭ ބައެއް މީހުން މައުލޫމާތުދިން ގޮތުގައި، އެޗްޑީސީން ދަނީ ގާކޮށި ފްލެޓުތަކަށް ވަރަށް ބޮޑަށް އިހުމާލުވަމުންނެވެ. އަދި ފެލްޓުގައި ބަލަހައްޓަންޖެހޭ ކަންކަން އެކަށީގެންވާ ގޮތެއްގައި ނުބެލެހެއްޓުމުގެ ސަބަބުން ދިރިއުޅޭ މީހުންނަށް ދުވަހުން ދުވަހަށް ވަރަށް ގިނަ ދަތިތައް ކުރިމަތިވަމުންދާ ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.

ގާކޮށި ފްލެޓުތައް މަރާމާތު ނުކޮށް ވަނީ ވަރަށް ގިނަ ދުވަސްވެފައި. ފެން އިސްކުރެއް ހަލާކުވެ، ފެން ފައިބަނީ
ގާކޮށި ފްލެޓުތައް މަރާމާތު ނުކޮށް ވަނީ ވަރަށް ގިނަ ދުވަސްވެފައި. ފެން އިސްކުރެއް ހަލާކުވެ، ފެން ފައިބަނީ

މިހާރު އެ އިމާރާތުގެ ހާލަތު ހުރި ގޮތަށް ބަލާއިރު، މުޅި އިމާރާތުގެ ބޭރު ފާރުތަކުގައި ބޮޑެތި ރެނދުލައި، ފާރުތަކުން ކުލަ ފައިބަމުންދާކަން ވަނީ ފާހަގަކުރެވިފަ އެވެ. މީގެ އިތުރުން، އިމާރާތުގެ ފެން ހޮޅިތައް ފަޅައިގެން ގޮސް، ފްލެޓްތަކުގެ ތެރޭގައި ފެންބޮޑުވުމުގެ ހާދިސާތައް ވެސް ދަނީ ހިނގަމުންނެވެ. މިކަމުގެ ސަބަބުން އާންމުންގެ މުދަލަށް ގެއްލުންވެ، ދިރިއުޅުމަށް ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައިވާ ކަމަށް އެމީހުން ބުނެ އެވެ. އަދި އިމާރާތުގައި ހަރުކޮށްފައިވާ އަލިފާން ނިއްވާ އާލާތްތައް ވެސް ހަލާކުވެފައިވާތަން ފެންނަ ވީޑިއޯތަކެއް ވެސް ވަނީ އާއްމުވެފަ އެވެ. 

ގާކޮށި ފްލެޓުތައް މަރާމާތު ނުކޮށް ވަނީ ވަރަށް ގިނަ ދުވަސްވެފައި. ފާރުތަކުން ކުލަ ފޭބުމާއި، ކުނޑިފޭބުން ވަނީ އާއްމުވެފައި

ގާކޮށި ފްލެޓުތައް މަރާމާތު ނުކޮށް ވަނީ ވަރަށް ގިނަ ދުވަސްވެފައި. ފާރުތަކުން ކުލަ ފޭބުމާއި، ކުނޑިފޭބުން ވަނީ އާއްމުވެފައި

ގާކޮށި ފްލެޓުތައް މަރާމާތު ނުކޮށް ވަނީ ވަރަށް ގިނަ ދުވަސްވެފައި. ފެން އިސްކުރެއް ހަލާކުވެ، ފެން ފައިބަނީ

ގާކޮށި ފްލެޓުތައް މަރާމާތު ނުކޮށް ވަނީ ވަރަށް ގިނަ ދުވަސްވެފައި. ފެން އިސްކުރެއް ހަލާކުވެ، ފެން ފައިބަނީ

އެތަނުގައި ދިރިއުޅޭ މީހުން ބުނާ ގޮތުގައި، ކޮންމެ މަހަކު ވެސް މެއިންޓަނަންސް ފީގެ ގޮތުގައި އެޗްޑީސީ އަށް ގަވާއިދުން ފައިސާ ދެއްކި ނަމަވެސް އެ ފައިސާއާ އެއްވަރުގެ ޚިދުމަތެއް ނުލިބޭ ކަމަށް އެތަނުގައި ދިރިއުޅޭ މީހުން ބުނެ އެވެ. 

މި މައްސަލައާ ގުޅިގެން ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމުންގެ ތެރެއިން އެޗްޑީސީއަށް ގުޅުމުން މުވައްޒަފެއް ބުނީ، ގާކޮށި ފްލެޓްތަކުގައި އެފަދަ މައްސަލައެއް އުޅޭކަމުގެ މައުލޫމާތު ރަސްމީކޮށް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް، އެފަދަ މައްސަލައެއް އުޅޭނަމަ އެކަން ބަލައި، ވީ އެންމެ އަވަހަކަށް ހައްލު ކުރުމުގެ މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދީފައިވެ އެވެ. 

ގާކޮށި ފްލެޓަކީ ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުންދާ ތަނަކަށް ވާއިރު، އިމާރާތުގެ މަރާމާތުތައް ނުކުރެވި ދިގުލައިގެން ދިއުމަކީ އެތަނުގައި ދިރިއުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކަލެއްގެ ގޮތުގައި އާންމުން ސިފަކުރެ އެވެ. އެހެންކަމުން، ކަމާބެހޭ ފަރާތްތަކުން މިކަމަށް އަވަސް ހައްލެއް ހޯދައިދިނުމަކީ އެތަނުގެ ރައްޔިތުންގެ ބޮޑު އެދުމެކެވެ.