ސަރުކާރު ހިއްސާވާ ކުންފުނިތަކުން މިހާރު ހިނގަމުންދާ
ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް މާލިއްޔަތު ކޮމިޓީން ފަށާފައިވާ މަސައްކަތުގައި
ހުރި ހުރިހާ ލިޔެކިޔުންތައް ވަކި ހިސާބަކުން ގެއްލިއްޖެ ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ
މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއިން އައްޑޫ ސިޓީގައި ހިންގާ ބްރާންޗުތަކާއި ޕްރޮޖެކްޓުތަކުގެ ޚާއްޞަ އޮޑިޓް ރިޕޯޓު ދިރާސާކުރުން

ފެނަކަ ކޯޕަރޭޝަނުން އައްޑޫގައި ހިންގާ ބްރާންޗުތަކާއި
މަޝްރޫއުތަކާ ގުޅޭގޮތުން ތައްޔާރުކުރި ހާއްސަ އޮޑިޓް ރިޕޯޓު ދިރާސާ ކުރުމަށް ބޭއްވި
މާލިއްޔަތު ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަމްހީދު ވިދާޅުވީ، މިހާރު
ވެސް ކޮރަޕްޝަން ހިންގާ މީހުން އެބަ އުޅޭ ކަމަށާއި، މާލިއްޔަތު ކޮމިޓީގެ ޒިންމާއަކީ
ހަމައެކަނި ކުރީ ސަރުކާރުތަކުން ހިނގާފައިވާ ކަންތައްތައް ބެލުމެއް ނޫން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއިން އައްޑޫ ސިޓީގައި ހިންގާ ބްރާންޗުތަކާއި ޕްރޮޖެކްޓުތަކުގެ ޚާއްޞަ އޮޑިޓް ރިޕޯޓު ދިރާސާކުރުން
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއިން އައްޑޫ ސިޓީގައި ހިންގާ ބްރާންޗުތަކާއި ޕްރޮޖެކްޓުތަކުގެ ޚާއްޞަ އޮޑިޓް ރިޕޯޓު ދިރާސާކުރުން

މެންބަރު ޝަމްހީދު ވިދާޅުވީ މިއަދު ހިނގަމުންދާ
ކަންތައްތައް ހުއްޓުވައިގެން ނޫނީ ރައްޔިތުންނަށް ލިބޭނެ މަންފާއެއް ނެތް ކަމަށެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައ ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މީހުންގެ އެންމެ
އިންސައްތައެއްގެ މީހުންގެ މައްޗަށްވެސް ކުށް ސާބިތު ކުރެވިފައެއް ނުވެއެވެ. އަދި
އެފަދަ މައްސަލަތަކުގެ ފައިސާއެއް ދައުލަތަށް ނުލިބޭ ކަމަށް ޝަމްހީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއިން އައްޑޫ ސިޓީގައި ހިންގާ ބްރާންޗުތަކާއި ޕްރޮޖެކްޓުތަކުގެ ޚާއްޞަ އޮޑިޓް ރިޕޯޓު ދިރާސާކުރުން

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއިން އައްޑޫ ސިޓީގައި ހިންގާ ބްރާންޗުތަކާއި ޕްރޮޖެކްޓުތަކުގެ ޚާއްޞަ އޮޑިޓް ރިޕޯޓު ދިރާސާކުރުން|މަޖިލިސް

ޝަމްހީދު ފާހަގަ ކުރެއްވި ގޮތުގައި ކޮމިޓީގެ ހެޔޮ
ނިޔަތެއް އޮތްނަމަ، މިއަދު ވެސް ހިންގަމުންދާ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް
މަސައްކަތް ކުރަންޖެހޭނެ އެވެ.

އެހެންނަމަވެސް، އެކަމަށްޓަކައި ކޮމިޓީން ފެށި
މަސައްކަތުގައި ވަކި ހިސާބަކުން އެ ހުރިހާ ޑޮކިއުމަންޓްތައް ވެސް ގެއްލިއްޖެ ކަމަށާއި،
އެއީ ކަންބޮޑުވާން ޖެހޭ ކަންކަން ކަމަށް ޝަމްހީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއިން އައްޑޫ ސިޓީގައި ހިންގާ ބްރާންޗުތަކާއި ޕްރޮޖެކްޓުތަކުގެ ޚާއްޞަ އޮޑިޓް ރިޕޯޓު ދިރާސާކުރުން

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއިން އައްޑޫ ސިޓީގައި ހިންގާ ބްރާންޗުތަކާއި ޕްރޮޖެކްޓުތަކުގެ ޚާއްޞަ އޮޑިޓް ރިޕޯޓު ދިރާސާކުރުން|މަޖިލިސް

މި މައްސަލައިގައި ކޮމިޓީން ފެށި މަސައްކަތުގެ
މުހިންމު ލިޔެކިޔުންތައް ގެއްލިފައިވާތީ މިހާރު ހިނގަމުންދާ ކޮރަޕްޝަންގެ މައްސަލަތައް
ހުއްޓުވުމަށް ކުރަމުންދާ މަސައްކަތަށް ބޮޑު ހުރަހެއް ކުރިމަތިވެފައިވާ ކަމަށް ޝަމްހީދު
ވިދާޅުވި އެވެ.