މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން މި އަހަރުވެސް ނުބޭއްވެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފި ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

މި ބައްދަލުކުރެއްވުން ނުބޭއްވެވުމަށް ނިންމެވީ، ދައުލަތުގެ ޚަރަދުތައް ކުޑަކުރެއްވުމުގެ ގޮތުން އަޅުއްވާ ފިޔަވަޅެއްގެ ގޮތުން ކަމަށް ބުނެފައިވެ އެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާ މި ފަހަރު އޮންނާނީ، މިނިވަން ދުވަހުގެ ހެނދުނު 09:00 ގައި، ޒުވާނުންގެ މަރުކަޒުގެ މާލަމުގަ އެވެ. މި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި ގައުމާ މުޚާތަބް ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.