ބ. އޭދަފުށި ބަނދަރު ސަރަހައްދު މޫދުގައި 82
އަހަރުގެ މީހަކު ނިޔާވެފައި އޮއްވާ މިއަދު ހެނދުނު ފެނިއްޖެ އެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި ހާދިސާގެ
ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ އަންގާރަ ދުވަހު ހެނދުނު 7:55 ހާއިރު އެވެ. ފުލުހުން ބުނީ މޫދަގައި މަރުވެފައި އޮއްވާ
ފެނިފައިވަނީ ބ. އޭދަފުށި، ސީސަންގެ، ޢަލީ ޢަބްދުﷲ (82އ) އެވެ.

މި ހާދިސާ އާ ގުޅޭ އިތުރު ތަފުސީލް ފުލުހުން
ހާމަކޮށްފައެއް ނުވެ އެވެ. 

ނަމަވެސް މި މަރުގެ މައްސަލަ ފުލުހުން ތަހުގީގު
ކުރަމުން ދާ ކަމަށް މައުލޫމާތު ދީފައިވެ އެވެ.