އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުގެ
ވިސްނުމަކީ ވ. ރަކީދޫ މީހުން އެހެން ރަށަކަށް ބަދަލުކުރުން ކަމަށް ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް
މިނިސްޓަރު ހާޒިރުކޮށްފައިވާއިރު ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު ކުރެއްވި
ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ރަކީދޫގެ ބައެއް ފަރާތްތަކުން
އެހެން ރަށަކަށް ބަދަލުވާން ބޭނުން ނުވާ ކަމަށެވެ.
ސަރުކާރުން ރަކީދޫ ފަރާތްތަކަށް ގޯތި
ހަވާލުކުރުމަށްޓަކައި ސަރވޭއަކަށް ވެސް ފޮނުވި ކަމަށާއި ސަރުކާރުގެ ޕޮލިސީއަކީ
ރަށުގެ ހުރިހާ ފަރާތްތަކުގެ އެއްބަސް ވުމާއެކު ބަދަލުކުރުން ކަމަށެވެ.
ސަރުކާރުގެ ވިސްނުމަކީ އަދިވެސް ރަކީދޫ
މީހުން ބަދަލުކުރުން، ސަރުކާރުން ރަކީދޫ ފަރާތްތަކަށް މީ ގޯތި ހަވާލުކުރުން ގޯތި
ހަވާލުކުރުމަށްޓަކައި އަޅުގަނޑުމެން ސަރވޭއަކަށް ވެސް ފޮނުވިން ރަށުގެ ބައެއް
ފަރާތްތަކުން ބަދަލުވާކަށް ބޭނުމެއް ނުއެއްވޭހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު
މިނިސްޓަރ މުއްތަލިބު ވިދާޅުވި ގޮތުގައި މިހާރު
ވެސް ދަނީ އެކަމުގެ މަޝްވަރާ ކުރެވެމުންނެވެ. އަދި ރަށުގެ ރައްޔިތުން އެއްބަސްވާ
ކަމުގައި ވާނަމަ މިހާރު ވެސް ރަކީދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމުގެ
މަސައްކަތް ފަށާނެ ކަމަށް ވިދާޅުވި އެވެ.
މިސަރުކާރުގެ އާބާދީ އެއްފަސްކުރުމުގެ
ސިޔާސަތުގެ ދަށުން ހދ. ހިރިމަރަދޫ ރައްޔިތުން އެއަތޮޅު ހަނިމާދޫއަށް ބަދަލުކުރަން
ނިންމާ 18 މެއި 2026 ގައި ވަނީ ހިރިމަރަދޫ ކައުންސިލް ރަސްމީކޮށް އުވާލާފަ އެވެ.
ހިރިމަރަދޫ ރައްޔިތުންނަށް ޚާއްސަކޮށްގެން
ހަނިމާދޫގައި އަޅާ ގެތަކުގެ މަސައްކަތް 18 މަސް ދުވަހުގެ ތެރޭގައި ނިންމައި
ތަޅުދަނޑި ހަވާލުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވީ ނަމަވެސް، އެކަމުގެ
އަމަލީ މަސައްކަތްތައް ފެންނަނީ ވަރަށް ބޮޑަށް އޮޅުންބޮޅުން ބޮޑުކޮށް ކަމަށް ހަނިމާދޫ
ކައުންސިލްގެ ރައީސް އަލީ އިބްރާހިމް ވިދާޅުވެފައިވެ އެވެ.