މާލޭގައި ސައިކަލަކާއި ލޮރީއެއް ޖެހި ހިނގި އެކްސިޑެންޓުގައި މީހަކު ނިޔާވެއްޖެ އެވެ.

ފުލުހުން މީޑިއާ ތަކަށް ފޮނުވި މެސެޖުގައި ބުނެފައި ވަނީ މާލޭ ބޮޑުތަކުރުފާނު މަގުގައި އެކްސިޑެންޓެއްވި ކަމުގެ ރިޕޯޓު އާދީއްތަ ދުވަހުގެ 15:57 ހާއިރު ލިބިފައިވާ ކަމަށެވެ. 

އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާ އައިޖީއެމް ހޮސްޕިޓަލް އަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ. މި ހާދިސާގައި ނިޔާވެފައި ވަނީ ފިރިހެނެކެވެ. 

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.