މިދިޔަ އަހަރުގެ އޮގަސްޓް މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހދ. ނައިވާދޫ އަށް ކުރެއްވި ދަތުރުފުޅުގައި ބިންގާ އަޅުއްވައިދެއްވި އެ ރަށު ފުލުހުންގެ މަރުކަޒުގެ މަސައްކަތް އެއްވެސް ވަރަކަށް ކުރިއަށް ނުދާކަމަށް ނައިވާދޫ ކައުންސިލުން ހާމަކޮށްފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ހދ. ނައިވާދޫގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝަންގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވަނީ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ހދ. ނައިވާދޫގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝަންގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވަނީ.

ނައިވާދޫ ކައުންސިލްގެ ރައީސް އަޙުމަދު އާފާގް ވިދާޅުވި ގޮތުގައި، 2025 ވަނަ އަހަރުގެ އޮގަސްޓް މަހު ރައީސް މުޢިއްޒު ތިލަދުންމަތީ ދެކުނުބުރީގެ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ނައިވާދޫއަށް ވަޑައިގެން، މި މަޝްރޫއުގެ ބިންގާ އަޅުއްވައި މަސައްކަތް ފެށުނުކަން ވަނީ އިޢުލާން ކުރައްވާފަ އެވެ. ނަމަވެސް، ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެން ކުރިއަށްގެންދަން ނިންމި މި މަސައްކަތް ހަވާލުކުރި ފަހުން މިއަދާ ހަމައަށް އެއްވެސް އަމަލީ މަސައްކަތެއް ހިނގާފައި ނުވާކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ހދ. ނައިވާދޫގަ ފުލުހުންގެ މަރުކަޒެއް އެޅުމަށް ބިންގާ އަޅާފަވާ ސަރަހައްދު
ހދ. ނައިވާދޫގަ ފުލުހުންގެ މަރުކަޒެއް އެޅުމަށް ބިންގާ އަޅާފަވާ ސަރަހައްދު
ރައީސް ޑރ. މުހައްމަދު މުއިއްޒު، ހދ. ނައިވާދޫގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝަންގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވަނީ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ހދ. ނައިވާދޫގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝަންގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވަނީ.|ރައީސް އޮފީސް

މަޝްރޫއު ލަސްވާ ސަބަބާ ގުޅޭގޮތުން އާފާގް ވިދާޅުވީ، އާ ކައުންސިލުން މުއައްސަސާތަކާ ބައްދަލުކުރުމުގެ ތެރެއިން ފެނަކައާ ބައްދަލުކޮށް މައުލޫމާތު ސާފުކުރި ކަމަށެވެ. 

އަޅުގަނޑުމެން އާ ކައުންސިލް ހުވާ ކުރުމާ ގުޅިގެން މުއައްސަސާތަކަށް ބައްދަލުކޮށްލީ. ބައްދަލުކޮށްލުމުން ދެން ފެނަކަ އެބޭފުޅުންނަށް ބައްދަލުކޮށްލީމަ އެބޭފުޅުން ވިދާޅުވަނީ މަސައްކަތް ފެށިފައިނުވަނީ އެކޮޅުންތަކެތި ނުލިބޭ ކަމަށް. ދެން އެބޭފުޅުންގެ މޭންޕަވަރ ނެތްކަމަށް މި މަސައްކަތް ކުރާކަށް.
ހދ. ނައިވާދޫ ކައުންސިލްގެ ރައީސް އަޙުމަދު އާފާގް

ފުލުހުންގެ މަރުކަޒު އެޅުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ މިހާރުގެ ހާލަތަށް އަލިއަޅުވާލަމުން ކައުންސިލުން ބުނީ، މަޝްރޫއު ހަވާލުކުރެވުނުތާ އަހަރެއް ވާން ކައިރިވެފައިވާއިރު، އެ ސަރަހައްދުގައި ހަމައެކަނި ފެންނަން ހުރީ ހެދިފައިވާ ގަސްތައް އެކަނި ކަމަށެވެ. އެއްވެސް މަސައްކަތެއް ނުކޮށް އޮތުމުގެ ސަބަބުން މުޅި ސަރަހައްދު މިހާރު އޮތީ ބޯކޮށް ގަސް ހެދި ޖަންގައްޔަކަށް ވެފަ އެވެ.

ހދ. ނައިވާދޫގަ ފުލުހުންގެ މަރުކަޒެއް އެޅުމަށް ބިންގާ އަޅާފަވާ ސަރަހައްދު

ހދ. ނައިވާދޫގަ ފުލުހުންގެ މަރުކަޒެއް އެޅުމަށް ބިންގާ އަޅާފަވާ ސަރަހައްދު|ރާއްޖެ އެމްވީ

މި މަޝްރޫޢަކީ ނައިވާދޫގެ އަމާންކަމާއި ރައްކާތެރިކަމަށްޓަކައި ރައްޔިތުން ނުހަނު އުއްމީދު ކުރަމުން އަންނަ މަޝްރޫޢަކަށް ވީނަމަވެސް، ފެނަކައިން ދީފައިވާ މައުލޫމާތުތަކަށް ބަލާއިރު، ތަކެތި ނުލިބުމާއި އެ މަސައްކަތް ކުރަން އެ ކުންފުނީގައި މީހުން ނެތުމުން މަސައްކަތް ވަނީ މުޅިން ހުއްޓިފަ އެވެ. މިއަދާ ހަމައަށް އެ ބިމުގައި މި މަޝްރޫޢާ ގުޅޭ އެއްވެސް އުމްރާނީ މަސައްކަތެއް ހިންގާފައި ނުވާކަން ކައުންސިލުން ވަނީ ކަންބޮޑުވުމާއެކު ފާހަގަކޮށްފަ އެވެ.

މި ސަރުކާރުން އިންތިހާބުތަކާ ދިމާކޮށް މިގޮތަށް ފެށި ގިނަ މަސައްކަތްތައް ކުރިޔަށް ނުދާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.