ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެށި ހއ.ބާރަށުގެ ރިންގްރޯޑުގެ މަސައްކަތް މިސަރުކާރުގައި ހުއްޓި އެ މަގު ވައުވެ ރައްޔިތުން މާޔޫސްވެއްޖެ އެވެ.

ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބާރަށު ދާއިރާގެ ރައީސް އަދި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ނައުޝާދު އިބްރާހިމް ވާހަކަ ދައްކަވަނީ.
ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބާރަށު ދާއިރާގެ ރައީސް އަދި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ނައުޝާދު އިބްރާހިމް ވާހަކަ ދައްކަވަނީ.

ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބާރަށު ދާއިރާގެ ރައީސް އަދި ކުރީގެ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނައުޝާދު އިބްރާހިމް ވަނީ އެދާއިރާގެ ތަރައްގީ ހުއްޓިފައިވާތީ އެކަމުގެ ކަންބޮޑުވުންފާޅު ކުރައްވާފަ އެވެ.

ބާރަށަށް އިޝާރާތް ކުރައްވައި ނައުޝާދު ވިދާޅުވީ ކުރީގެ ރައީސް ސޯލިހުގެ ސަރުކާރުގައި ތަރައްގީގެ ގިނަ މަޝްރޫއުތައް ކުރިއަށް ގެންދިޔަ ނަމަވެސް ސަރުޚާރު ބަދަލުވުމާ ގުޅިގެން ހުރިހާ މަޝްރޫއެއް ހުއްޓިފައިވާ ކަމަށެވެ.

އެގޮތުން ފެނަކަ އޮފީސް އިމާރާތުގެ މަސައްކަތް ކުރިއަށް ނުދާ ކަމަށާއި، މިދިޔަ ސަރުކާރުން 80 އިންސައްތަ މަސައްކަތް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ޒަމާނީ ފެންވަރަށް މަގުތައް ތަރައްގީ ކުރުމަށް އެރަށުގެ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި، ނަމަވެސް މިމަޝްރޫއުގެ މަސައްކަތް ވެސް ކުރިއަށް ނުދާ ކަމަށެވެ. 

ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބާރަށު ދާއިރާގެ ރައީސް އަދި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ނައުޝާދު އިބްރާހިމް ވާހަކަ ދައްކަވަނީ.

ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބާރަށު ދާއިރާގެ ރައީސް އަދި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ނައުޝާދު އިބްރާހިމް ވާހަކަ ދައްކަވަނީ.|ރާއްޖެއެމްވީ

މީގެ އިތުރުން ނައުޝާދު ވިދާޅުވީ ކުރީ ސަރުކާރުގައި ރިންގްރޯޑުގެ އަމަލީ މަސައްކަތް ފެށި ކަމަށާއި. އެމަގު އެއްކޮށް ސާފުކޮށް ނިންމައި، އެ މަގަށް ވެލި އަޅާ ނިންމި ކަމަށެވެ. އަދި ވިދާޅުވީ 2024 ވަނަ އަހަރުގެ ބަޖެޓުގައި ވެސް އެމަޝްރޫއު ކުރިއަށް ގެންދިއުމަށް ހިމަނައި މަސައްކަތް ކުރިއަށްދާނެ ކަމުގެ ޔަގީންކަން ދިން ކަމަށެވެ.

ނައުޝާދު ވިދާޅުވީ ބާރަށުގެ ރައްޔިތުން ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ގެނައުމަށް ވޯޓު ދިނީ ވަރަށް އުންމީދާއެކު ކަމަށާއި، ނަމަވެސް މިއަދު ވަރަށް ނާއުންމީދުވެ މާޔޫސްވެފައިވާ ކަމަށެވެ. 

ސަރުކާރަށް ދެ އަހަރާއި ބައި މިވީ. ހަމައެންމެ ކަމެއް ވެސް ނުވޭ. އެންމެ ކަމެއް ވެސް އެތާގައި ނުކުރޭ. މިހާރު މުޅި މަގު އެއޮތީ އަނެއްކާ ވެސް ވާ ވެފައި. ކިހައި ބޮޑު ގެއްލުމެއްތޯ މިވަނީ. ރައްޔިތުންގެ ފައިސާ ހަމަ އިސްރާފުވެގެން މިދަނީ. 
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބާރަށު ދާއިރާގެ ރައީސް އަދި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ނައުޝާދު އިބްރާހިމް

ވެރިކަމަށް ވަޑައިގެންނެވުމަށް ގިނަ ވައުދުތަކެއް ވެވަޑައިގެންނެވި ނަމަވެސް އެއްވެސް ވައުދެއް ނުފުއްދަވާ ކަމަށާއި، ކުރީ ސަރުކާރުގައި ކުރިއަށް ގެންދިޔަ މަޝްރޫއުތައް ވެސް ކުރިއަށް ނުގެންދިއުމަކީ މިއަދު ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

ބާރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއުގެ ދަށުން ކުރަންޖެހޭ ސާވޭގެ މަސައްކަތްތައް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ފަށާފައިވާކަން އިއުލާން ކުރީ 13 މެއި 2026 ގަ އެވެ. ނަމަވެސް މި ސާވޭގެ މަސައްކަތް ކުރީ ސަރުކާރުގައި ވެސް ކޮށްފައިވެ އެވެ. 

ސަރުކާރުގެ ބަޖެޓުން ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢު އާރްޑީސީއާ ޙަވާލުކޮށްފައިވަނީ 1280 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އާރްޑީސީން މައުލޫމާދޭ ގޮތުގައި، މި މަޝްރޫއުގެ ދަށުން ތާރުއަޅައިގެން ތަރައްގީ ކުރާނީ ބާރަށުގެ ވަށައިގެންވާ މަގުތަކެވެ.

އެގޮތުން ޖުމްލަ 7.56 ކިލޯމީޓަރުގެ މަގު ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.