މ. ޝަފާ ގޭގެ ގުދަނެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް، މާލެ ފަޔަރ ސްޓޭޝަނުން ނިއްވާލައިފި އެވެ.

އަލިފާނުގެ ޙާދިސާއާ ގުޅިގެން އިމާރާތަށް އެކި ވަރުގެ ގެއްލުންތައް ވަނީ ވެފައި
އަލިފާނުގެ ޙާދިސާއާ ގުޅިގެން އިމާރާތަށް އެކި ވަރުގެ ގެއްލުންތައް ވަނީ ވެފައި

މި ހާދިސާގެ މަޢުލޫމާތު މިއަދު 09:26 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް، މާލެ ފަޔަރ ސްޓޭޝަނަށް ލިބުމާ އެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފަ އެވެ. 

އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ ބުރާސްފަތި ދުވަހުގެ ހެނދުނު  09:46 ހާއިރު އެވެ.

އެ ގޭގެ ގުދަނެއްގައި ރޯވެ ހިނގި މި ހާދިސާގައި، އެކި ވަރުގެ ގެއްލުން އެ އިމާރާތަށް ވެފައިވެ އެވެ. ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުވިކަމުގެ މައުލޫމާތެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފުން ވަނީ މައުލޫމާތު ދީފަ އެވެ. 

މި ޙާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، މި މައްސަލަ ތަހުގީގު ކުރަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުންވެސް ވަނީ ބުނެފަ އެވެ. 

އަލިފާނުގެ ޙާދިސާއާ ގުޅިގެން އިމާރާތަށް އެކި ވަރުގެ ގެއްލުންތައް ވަނީ ވެފައި

އަލިފާނުގެ ޙާދިސާއާ ގުޅިގެން އިމާރާތަށް އެކި ވަރުގެ ގެއްލުންތައް ވަނީ ވެފައި|އެމްއެންޑީއެފް

މާލޭގައި ހިނގާފައިވާ އެކިއެކި އަލިފާނުގެ ޙާދިސާތަކަށް ބަލާއިރު، އެކި ބާވަތުގެ މުދާ ގުދަންކޮށްފައި ހުންނަ ތަންތަނުގައި ބޮޑެތި އަލިފާނުގެ ޙާދިސާތައް ހިނގާފައިވެއެވެ. ވަކިން ޚާއްސަކޮށް، ޤަވާއިދާ ޚިލާފަށް އެކި ޒާތުގެ ކެމިކަލް އަދި ސިނާއީ މަސައްކަތް ކުރާ ތަކެތި ރައްކާކޮށްފައި ހުރި ގުދަންތަކުގައިވެސް މީގެ ކުރިން މިފަދަ ބޮޑެތި ޙާދިސާތައް ހިނގާފައިވެ އެވެ.