މާފަންނުގައި ހުރި އިމާރާތެއްގައި އަލިފާން ރޯވުމުގެ ސަބަބުން، އެ ސަރަހައްދުގައި އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފި އެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނު އެމްއެންޑީއެފް އިން ބުނީ، މާފަންނުގައި ހުންނަ ޖާޔާކުޝަން ކައިރީގައި ހުރި އިމާރާތެއްގައި އަލިފާން ރޯވުމުގެ ސަބަބުން، އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސާވިސަސް އިން އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުންނެވެ. އަދި ފުލުހުން ވެސް ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުން އަންނަ ކަމަށް ބުނެފައި އެވެ. 

(އިތުރު ތަފްސީލް އަންނަނީ.)