ރާއްޖޭގެ ބޯޓިން
އިންޑަސްޓްރީގައި ހިމެނޭ ސަފާރީތަކަށް ރައްކާތެރި ބަނދަރެއް ޤާއިމުކުރުމަށް ބޯޓިންގ
އެސޯސިއޭޝަނުން އެކި ސިފަސިފައިގައި މަސައްކަތް ކޮށްފައިވީނަމަވެސް، މިހާތަނަށް އެކަމަށް
އަލިމަގެއް ފެނިފައި ނުވާކަމަށް އެ ޖަމިއްޔާގެ ރައީސް އިސްމާއިލް ޝަރީފް ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން
އިސްމާއިލް ޝަރީފް ވިދާޅުވީ ސަފާރީތައް އެކަށީގެންވާ ގޮތެއްގައި އޮޕަރޭޓު ކުރުމަށް
ބޭނުންވާ ކަންކަން ފުރިހަމަވެފައި ނެތްކަމަށެވެ. އެގޮތުން ސަފާރީތަކަށް ބޭނުންވާ ރައްކާތެރި
ބަނދަރެއް ޤާއިމުކުރެވޭތޯ އެކި ސިފަސިފައިގައި އެ ޖަމިއްޔާއިން މަސައްކަތް ކޮށްފައިވާ
ކަމަށާއި، ނަމަވެސް މިހާތަނަށް އެކަމަށް އަލިމަގެއް ފެނިފައެއް ނުވާކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
އިސްމާއިލް ޝަރީފް ވިދާޅުވީ، މިއީ ސަފާރީތަކަށް
އެންމެ ރަނގަޅަށް މި ސިނާއަތުގައި ވިޔަފާރި ކުރުމަށް ކޮންމެހެން ބޭނުންވާ މުހިއްމު
ކަމެއްކަމަށެވެ. އަދި މިކަމަށް ހައްލެއް ހޯދުމަށް ރަނގަޅު ސިޔާސަތެއް އެކުލަވާލައިގެން
މަސައްކަތް ކުރުން މުހިއްމުކަމަށް އޭނާ ވިދާޅުވި އެވެ.
ސަފާރީތައް އެކަށީގެންވާ ގޮތެއްގައި އޮޕަރޭޓު ކުރުމަށް ބޭނުންވާ ކަންކަން ފުރިހަމަވެފައެއް ނެތް، އެގޮތުން ސަފާރީތަކަށް ބޭނުންވާ ރައްކާތެރި ބަނދަރެއް ޤާއިމު ކުރެވޭތޯ އެކި ސިފަސިފައިގައި މި ޖަމިއްޔާއިން މަސައްކަތް ކޮށްފައިވޭ، ނަމަވެސް މިހާތަނަށް އެކަމަށް އަލިމަގެއް ފެނިފައެއް ނުވޭ، މިއީ ސަފާރީތަކަށް އެންމެ ރަނގަޅަށް މި ސިނާއަތުގައި ވިޔަފާރި ކުރުމަށް ކޮންމެހެން ބޭނުންވާ މުހިއްމު ކަމެއްބޯޓިންގ އެސޯސިއޭޝަންގެ ރައީސް އިސްމާއިލް ޝަރީފް
ބޯޓިން އިންޑަސްޓްރީއަކީ އެތައް ބިލިއަން ރުފިޔާގެ
އަގުބޮޑު އިންޑަސްޓްރީއެއްކަމަށްވެސް ބޯޓިންގ އެސޯސިއޭޝަންގެ ރައީސް ފާހަގަކުރެއްވި އެވެ.
ބޯޓިން އިންޑަސްޓްރީއަށް ދިމާވެފައިވާ ރައްކާތެރި
ފަޅެއް ނެތުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށްޓަކައި ކ. ދިޔަނެރު ފަޅުގައި
މެރީނާއެއް ތަރައްގީ ކުރުމުގެ މަޝްރޫއުއެއް ކުރީގެ ސަރުކާރުން ފަށާފައިވެ އެވެ. އެ މަޝްރޫއު
ފެށީ 30 ސެޕްޓެމްބަރު 2023 ގައެވެ.
ނަމަވެސް ވެރިކަން ބަދަލުވުމަށްފަހު އެ މަސައްކަތް
އޮތީ އެއްކޮށް ހުއްޓިފަ އެވެ. މި މަޝްރޫއު ހުއްޓިފައިވުމާއެކު ބޯޓިން އިންޑަސްޓްރީގައި
ހިމެނޭ ސަފާރީތަކަށް ރައްކާތެރި ބަނދަރެއް ނެތުމުގެ މައްސަލަ އަދިވެސް ދެމިއޮތްކަމަށް
ބޯޓިންގ އެސޯސިއޭޝަނުން ފާހަގަކުރެ އެވެ.
ރައްކާތެރި ބަނދަރެއް ނެތުމުގެ ސަބަބުން ސަފާރީތަކަށް
އޮޕަރޭޓް ކުރުމުގައި ދިމާވާ ދަތިތަކާއި ގުޅިގެން މި ސިނާއަތުގައި ހިމެނޭ ފަރާތްތަކުން
ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރުމަށް ދަތިތަކެއް ކުރިމަތިވެ އެވެ. މި މައްސަލައަށް
ހައްލެއް ހޯދުމަށް ސަރުކާރުން ސަމާލުކަން ދިނުމަށް ބޯޓިންގ އެސޯސިއޭޝަނުން ވަނީ
ގޮވާލާފަ އެވެ.