ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު ޢާޠިފް ގެ އިސްނެގުމުގެ ދަށުން ހދ. އަތޮޅުގެ ރަށްތަކުން ގުޅިގެން އެކުގައި މަސައްކަތް ކުރަން ބޯޑެއް އެކުލަވާލުމުގެ މަސައްކަތަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) އިން ހުރަސް އަޅައިފި އެވެ.

އެލް.ޖީ.އޭ އިން މޭޔަރ މުޙައްމަދު އާތިފް އަށް ފޮނުވި ސިޓީގެ ކޮޕީ
އެލް.ޖީ.އޭ އިން މޭޔަރ މުޙައްމަދު އާތިފް އަށް ފޮނުވި ސިޓީގެ ކޮޕީ

މި މައްސަލައާއި ގުޅިގެން އެލް.ޖީ.އޭ އިން ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާތިފް އަށް ފޮނުވި ސިޓީގައި ވަނީ, ހދ އަތޮޅު ރަށްތައް ތަމްސީލު ވާނެހެން ބޯޑެއް އުފެއްދުމަށް ނިންމި ނިންމުމަށް ދެކޮޅު ހަދައި, ވަކި ބޯޑެއް އަތޮޅެއްގައި ގާއިމުކޮށްގެން އުފައްދައިގެން މަސައްކަތްކުރުމަކީ ލާމަރުކަޒީ ޤާނޫނަށް ގެނެވުނުގެ އިސްލާހުގެ މަހްފޫމަށް ފުށުއަރާކަމެއްކަމަށް ބުނެފަ އެވެ.

އެލް.ޖީ.އޭ އިން މޭޔަރ މުޙައްމަދު އާތިފް އަށް ފޮނުވި ސިޓީގެ ކޮޕީ

އެލް.ޖީ.އޭ އިން މޭޔަރ މުޙައްމަދު އާތިފް އަށް ފޮނުވި ސިޓީގެ ކޮޕީ|ސޯޝަލް މީޑިއާ

މިގޮތުން ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާތިފް ވަނީ މި ސިޓީ މީސްމީޑިއާގެ ޕޯސްޓެއް މެދުވެރިކޮށް ހިއްސާކޮށް އެލް.ޖީ.އޭ އަށް ވަރުގަދަ ރައްދެއް ދެއްވާފަ އެވެ.

އެ ޕޯސްޓުގައި މޭޔަރ އާތިފް ވިދާޅުވީ, ކުޅުދުއްފުށި ސިޓީ ކައުންސިލް އަދި ހދ އަތޮޅުގެ ރަށްތަކުގެ ކައުންސިލްތަކުގެ މަޤުސަދަކީ, އަތޮޅު ކައުންސިލުން ނުވަތަ އެލް.ޖީ.އޭ އިން ދޭ ހިދުމަތްތައް ދޭކަށް ނޫންކަމަށާއި, އެ މަސައްކަތަކީ ހދ. އަތޮޅުގެ ރަށްތައް ގުޅިގެން އަތޮޅުގެ ތަރައްޤީއަށް ކައުންސިލްތައް ގުޅިގެން ކުރެވޭނޭ މަސައްކަތްތައް ބަލާ، އެކަންކަމުން ނަތީޖާއެއް ހޯދުމަށްކަމަށާއި، މިކަމުން ފައިދާވާނީ ހަމަ މުޅި ދިވެހި ޤައުމަށާއި ރައްޔިތުންނަށް ކަމަށެވެ.

މީގެ އިތުރުން އެ މަސައްކަތް ހުއްޓާލުމަށް އެލް.ޖީ.އޭ އިން އަންގާއިރު އެލް.ޖީ.އޭ އިން ކައުންސިލްތަކުގެ ޕާފޯމެންސް ވަޒަންކުރުމުގައި ކައުންސިލްތައް ގުޅިގެން މަސައްކަތް ކުރުމަށް ބާރުއަަޅުއްވާ މަރކްސް ދޭގޮތަށް އެބައޮތް ކަމަށް މޭޔަރ ޢާޠިފް ފާހަގަކުރައްވާފައިވެ އެވެ.

މި ސިޓީގައި މި ދަންނަވަނީ އެބޭފުޅުންގެ އަމިއްލަ އުސޫލުތަކާއިވެސް ހިލާފު ވާހަކަފުޅެއް މިހެން ދައްކާ ބިރަކަށް އަޅުގަނޑުމެން ފަހަތަކަށް ނުޖެއްސޭނެ، މި ސަރަހައްދުގެ ރައްޔިތުންގެ ހަައްޤުގައި އަޅުގަނޑުމެން ކުރާ މަސައްކަތެއް ނުހުއްޓުވޭނެ. #ބޮޑުތިލަދުންމަތިކުރިއަށް
ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު ޢާޠިފް 

ހދ. އަތޮޅުގެ ރަށްތަކުން ބޯޑެއް ހަދަން ނިންމާފައި މި ވަނީ ލާމަރުކަޒީ ނިޒާމަށް ބޮޑު ބަދަލެއް ގެނެސް، އަތޮޅު ކައުންސިލްތައް އުވާލާފައިވާ ދަނޑިވަޅެއްގަ އެވެ. އަދި މި ސަރުކާރުން އަތޮޅު ކައުންސިލްތައް އުވާލުމުން އެކި ރަށްރަށަށް ބޮޑެތި ގޮންޖެހުންތަކެއް ދަނީ ކުރިމަތިވަމުންނެވެ.