ހއ. ހޯރަފުށީ ހުޅަނގުފަރާތު ފަރުމައްޗަށް މަރުވެފައިވާ ބޮޑުމަހެއް ލައްގައިފި އެވެ.

ހޯމަ ދުވަހު ހއ. ހޯރަފުށީ ހުޅަނގުފަރާތު ފަރުމައްޗަށް ލައްވެފައި އޮއްވާ ފެނުނު ބޮޑުމަސް.
ހޯމަ ދުވަހު ހއ. ހޯރަފުށީ ހުޅަނގުފަރާތު ފަރުމައްޗަށް ލައްވެފައި އޮއްވާ ފެނުނު ބޮޑުމަސް.

ގާތްގަނޑަކަށް 30 ފޫޓު ހުރި މި ބޮޑުމަސް ފެނިފައިވަނީ ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ.

ހޯމަ ދުވަހު ހއ. ހޯރަފުށީ ހުޅަނގުފަރާތު ފަރުމައްޗަށް ލައްވެފައި އޮއްވާ ފެނުނު ބޮޑުމަސް.

ހޯމަ ދުވަހު ހއ. ހޯރަފުށީ ހުޅަނގުފަރާތު ފަރުމައްޗަށް ލައްވެފައި އޮއްވާ ފެނުނު ބޮޑުމަސް.|ރާއްޖެ އެމްވީ

މިކަމާ ގުޅިގެން ހޯރަފުށީ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި، މަރުވެފައި އޮތް މި ބޮޑުމަސް ފެނުމާއެކު، ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން އެ މަސް ނައްތާލުމުގެ މަސައްކަތް ވަނީ ވަގުތުން ފަށާފަ އެވެ. އެގޮތުން، ހޯރަފުށީ ކައުންސިލާއި، ދިވެހި ފުލުހުންގެ ޚިދުމަތާއި، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ އިތުރުން އެމްޓީސީސީ ހޯރަފުށީ ސައިޓްގެ އެހީތެރިކަމާއެކު މިހާރު ވަނީ އެ ބޮޑުމަސް އެއްގަމަށް ނަގައި ވަޅުލާފަ އެވެ.

ކައުންސިލުން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ދެ ޑިންގީ އެއް ބޭނުންކޮށްގެން ކަފުޖަހައިގެން އެ ބޮޑުމަސް އެއްގަމަށް ކައިރިކޮށްފައިވެ އެވެ. އަދި އެއަށްފަހު އެކްސްކަވޭޓަރެއް ބޭނުންކޮށްގެން އެ ރަށުގެ ގޮނޑުދޮށުގައި ބޮޑު ވަޅުގަނޑެއް ކޮނުމަށްފަހު، އެ މަސް ވަނީ ރައްކާތެރިކަމާއެކު ވަޅުލާފަ އެވެ.

މި މަސައްކަތުގައި ރަށުގެ އެކި މުއައްސަސާތަކުން ދިން އެއްބާރުލުން ކައުންސިލުން ވަނީ ފާހަގަކޮށްފަ އެވެ.