ހުސްވެފައިވާ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ
މަގާމަށް އައްޔަނު ކުރުމަށް، މުހައްމަދު ހަލީމް އަބުދުﷲ އަދި ފާތިމަތު އަމީޒާގެ
ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވައިފި އެވެ.
ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް ރައީސް
މުއިއްޒު ފޮނުއްވާފައި ވަނީ މުހައްމަދު ހަލީމް އަބްދުﷲ އަދި ފާތިމަތު އަމީޒާގެ ނަމެވެ.
ރައީސް މުއިއްޒު ފޮނުއްވި މައްސަލަ ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި
އަމީންއާމް ވަނީ އިއްވާފަ އެވެ.
ހަލީމަކީ ސީއޭ މޯލްޑިވްސްގެ ރައީސްގެ އިތުރުން ވިލާ
ކުންފުނީގެ ހެޑް އޮފް ފައިނޭންސެވެ. މީރާ 2010 ވަނަ އަހަރު އުފެދުނީއްސުރެ އެ
އިދާރާގައި މަސައްކަތް ކުރައްވަމުންގެންދަވާ އަމީޒާ މިހާރު ހުންނެވީ ޑެޕިއުޓީ
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން މަގާމުގަ އެވެ.
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު
ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ހަސަން ޒަރީރު އިސްތިއުފާ ދެއްވުމާ
ގުޅިގެންނެވެ. ޒަރިރު އިސްތިއުފާ ދެއްވީ މާލީ ކަންކަމާއި ސަރުކާރު
ކުންފުނިތަކާބެހޭ ވުޒާރާގެ މަގާމަށް ރައީސުލްޖުމްހުރިއްޔާ އައްޔަން
ކުރެއްވުމުންނެވެ.