ހއ. ހަނިމާދޫގައި
ޕޮލިސް ސްޓޭޝަން ޤާއިމުކުރުމަށް ފަށާފައިވާ މަޝްރޫއުގެ މަސައްކަތް މުޅިން ހުއްޓިފައި
އޮތުމާ ގުޅިގެން އެރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ހަނިމާދޫގައި ޕޮލިސް ސްޓޭޝަން އެޅުމަށް ދޫކޮށްފައިވާ ސަރަޙައްދު
ހަނިމާދޫގައި ޕޮލިސް ސްޓޭޝަން އެޅުމަށް ދޫކޮށްފައިވާ ސަރަޙައްދު

ރާއްޖެޓީވީއަށް
މައުލޫމާތު ދެއްވަމުން ކައުންސިލު މެމްބަރު އަހުމަދު އަނާން ވިދާޅުވީ، ހަނިމާދޫގައި
ޕޮލިސް ސްޓޭޝަން ޤާއިމުކުރުމުގެ މަޝްރޫއަކީ ނިމިދިޔަ 2025 ވަނަ އަހަރުގެ އޯގަސްޓު މަހު
ހަވާލުކުރި މަޝްރޫއެއް ކަމަށެވެ. ނަމަވެސް މި މަޝްރޫއުގެ މަސައްކަތް މިހާރު މުޅިން
ހުއްޓިފައި އޮތުމަކީ ރަށުގެ ރައްޔިތުންނަށް ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ވިދާޅުވި
އެވެ.

ދިވެހި ފުލުހުންގެ
ޚިދުމަތުގެ މި މަޝްރޫއު ހަވާލުކޮށްފައިވަނީ ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީ
އާއެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމަންޖެހޭ
ގޮތަށެވެ. އަދި އާރްޑީސީން މި މަސައްކަތް ކުރަމުން ދަނީ ތާޑްޕާޓީ ކުންފުންޏަކާ ހަވާލުކޮށްގެން
ކަމަށް އަނާން ވިދާޅުވި އެވެ.

ހަނިމާދޫގައި ޕޮލިސް ސްޓޭޝަން އެޅުމަށް ދޫކޮށްފައިވާ ސަރަޙައްދު

ހަނިމާދޫގައި ޕޮލިސް ސްޓޭޝަން އެޅުމަށް ދޫކޮށްފައިވާ ސަރަޙައްދު|ރާއްޖެ އެމްވީ

މި މަޝްރޫއުގެ
ދަށުން ހަނިމާދޫގައި ހަތަރު ބުރީގެ އިމާރާތެއް އެޅުމަށް ހަވާލުކުރެވިފައިވީނަމަވެސް،
މިހާރު މި މަޝްރޫއު މުޅިން ހުއްޓިފައި އޮތުމުން އެއްވެސް ވަރަކަށް އެ ތަނުގައި މަސައްކަތެއް
ކުރިއަކަށް ނުދާކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ.

  ހދ ހަނިމާދޫގައި ޕޮލިސް ސްޓޭޝަން ޤާއިމު ކުރުމުގެ މަޝްރޫއަކީ ނިމިދިޔަ 2025 ވަނަ އަހަރު ހަވާލުކޮށްފައިވާ މަޝްރޫއެއް، އެގޮތުން މިދިޔަ އަހަރުގެ އޯގަސްޓު މަހު މަޝްރޫއު ޙަވާލު ކުރިނަމަވެސް، މި މަޝްރޫއުގެ މަސައްކަތް ކުރިއަކަށް ނުދޭ، މިހާރު މި މަޝްރޫއު މުޅިން ހުއްޓިފައި މި އޮތީ، އެއްވެސް ވަރަކަށް މިތަނުގައި މަސައްކަތެއް ކުރިއަށްދާތަނެއް ނުފެނޭ، އަދި ޕްރޮޖެކްޓުގައި މަސައްކަތް ކުރާ ބަޔަކުވެސް މިހާރު ނުފެނޭ
ހަނިމާދޫ ކައުންސިލު މެމްބަރު އަހުމަދު އަނާން

ރަށުގައި
ޕޮލިސް ސްޓޭޝަނެއް ޤާއިމުކުރުމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް
ވަރަށް މުހިންމު ކަމެއް ކަމަށާއި، މި މަޝްރޫއު އަވަސް ކުރުމަށް ކައުންސިލުން ގޮވާލާ
ކަމަށް އަނާން ވިދާޅުވި އެވެ.