އެމްޑީޕީ
އަށް ސޮއިކުރުމުން ވ.ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ގެއްލުވާލާފައިވަނީ ޤާނޫނާ
ޚިލާފަށްކަމަށް އެމްޑީޕީގެ ޗެއަރޕަރސަން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެލްޖީއޭގެ
ބޯޑުން 30 ޖޫން 2026 ގައި ބޭއްވި ބައްދަލުވުމުގައި ވަނީ ޝުޖާއު އަލީ މަޤާމުން
ވަކިވެފައިވާ ކަމަށް ކަނޑައަޅައި، ލާމަރުކަޒީ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ
ދަށުން އެ މަޤާމު ހުސްވެއްޖެކަން އިލެކްޝަންސް ކޮމިޝަނަށް އެންގުމަށް ނިންމާފަ
އެވެ.

އާދިއްތަ
ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭގޮތުން ވާހަކަ
ދައްކަވަމުން ނަޝީދު ވިދާޅުވީ، ތިނަދޫ ކައުންސިލް ރައީސް ވަކިކުރިއިރު ޙަވާލާދިން މާއްދާއަކީ
މީހަކު ވަކިކުރާއިރު ޙަވާލާދޭންޖެހޭ މާއްދާއެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ،
ކައުންސިލަރެއްގެ ޝަރުތު ބަޔާންކޮށްފައިވަނީ ލޯކަލް ކައުންސިލުތަކުގެ އިންތިޚާބުގެ
ޤާނޫނުގެ 12 ވަނަ މާއްދާގައި ކަމަށެވެ.

ވީއިރު، ކައުންސިލަރުކަމުގެ
ޝަރުތުތައް ބަޔާންކޮށްފައިވާ މާއްދާގައި ހިމެނޭ ޝަރުތަކާ ތިނަދޫ ކައުންސިލް ރައީސް
ޚިލާފުވެފައި ނުވާއިރު، އޭނާ ވަކިކުރުމަކީ ޤާނޫނާ ޚިލާފު ކަމެއް ކަމަށް ޕާޓީން ދެކޭކަން
ނަޝީދު ފާހަގަ ކުރެއްވި އެވެ.

  އެ މާއްދާގައި ބުނާ އެއްވެސް ޝަރުތެއް އޭނާގެ ކިބައިން ނިގުޅިގެން، ގެއްލިގެނެއް ނުދޭ، ނުދަނީސް އޭނާ ވަނީ ވަކިކޮށްފައި، އެހެންވެ މައްސަލަ ޝަރީއަތަށް ހުށަހެޅުމަށް އެމްޑީޕީން މިހާރު ވަނީ ނިންމާފައި.
އެމްޑީޕީގެ ޗެއަރޕަރސަން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު 

މީގެ
އިތުރުން، ޕާޓީގެ ވަކީލުން މިހާރު އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ކުރަންޖެހޭ މަސައްކަތްތައް
ކުރަމުންދާ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި މި ހަފްތާގައި އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް
މަސައްކަތް ކުރަމުންދާ ކަމަށާއި، ނ މިހާރު ވަކީލުން މައްސަލަ މުތާލިއާ ކުރަމުންދާ ކަމަށް
އޭނާ ވިދާޅުވި އެވެ.