ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޮތޯރިޓީ
(އެންސްޕާ) އަށް ގިނަ އަދަދެއްގެ މުވައްޒަފުން ހޯދުމަށް އެ އިދާރާއިން އިއުލާނު
ކޮށްފި އެވެ.
އެންސްޕާއިން ކުރި އިއުލާނުގައި ސީނިއަރ
އެޑްމިނިސްޓްރޭޓިވް އޮފިސަރުންނާއި، އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރުންގެ
އިތުރުން، ޕްރިންސިޕަލް ސޯޝަލް ބެނެފިޓްސް އޮފިސަރުންނާއި، ސީނިއަރ ސޯޝަލް
ބެނެފިޓްސް އޮފިސަރުން އަދި އެސިސްޓެންޓު ސޯޝަލް ބެނެފިޓްސް އޮފިސަރުން ހޯދުން ހިމެނެ އެވެ.
އޭގެ ތެރޭގައި ހިމެނެނީ މާލެ އަދި
އައްޑޫސިޓީގައި އެންސްޕާގައި މަސައްކަތް ކުރުމަށް ނަގާ މުވައްޒަފުންނެވެ.
އެންސްޕާގެ އިއުލާނުގައިވާ ގޮތުން އައްޑޫސިޓީ
އެންސްޕާގެ ކޯލް ސެންޓަރަށް އެކަނިވެސް 6 މުވައްޒަފުން ބޭނުންވެ އެވެ. އަދި އިތުރު
އިދާރީ މުވައްޒަފަކު ހޯދުމަށްވެސް އިއުލާނު ކޮށްފައިވެ އެވެ.
މީގެ އިތުރުން، މާލޭ އެންސްޕާ އޮފީހުގައި
މަސައްކަތް ކުރުމަށްވެސް އެކި ނަންނަމުގައި 10 މުވައްޒަފުން ހޯދުމަށް
އިއުލާނުކޮށްފައިވެ އެވެ.
މި މަޤާމުތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 2026
ޖުލައި 09 ވާ ބުރާސްފަތި
ދުވަހުގެ 13:30 ގެ ކުރިންނެވެ.
ސަރުކާރުގެ "ރައިޓް ސައިޒް" ކުޑަކުރުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްކަމަށް ބުނެ، ރަށްރަށުން
ސަރުކާރުގެ އެސްއޯއީތަކަށް ނަގާފައިވާ ގިނަ އަދަދެއްގެ މުވައްޒަފުން އެއް ފަހަރާ
ވަޒީފާއިން ވަކިކުރަމުންދާއިރު، އަނެއްކޮޅުން ސަރުކާރުން ބޭނުންވާ ތަންތަނުގައި
ވަޒީފާތައް އުފައްދައި މަޤާމުތަކަށް ގިނަ އަދަދެއްގެ މުވައްޒަފުން ނަގަމުންދާކަން
ފާހަގަ ކުރެވެ އެވެ.