އަވަހާރަކޮށްލާފައިވާ އީރާނުގެ ކުރީގެ އެންމެ މަތީވެރިޔާ އާޔަތުﷲ ޚާމަނާއީގެ ޖަނާޒާގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަތީ ކޮންބޭފުޅެއްކަން ސަރުކާރުގެ އިސް ތަރުޖަމާނަށް ޔަގީން ނުވާކަން މި ނޫހަށް އެނގިއްޖެ އެވެ.

އީރާނުގެ ވެރިރަށް ތެހެރާނުގައި ހުންނަ އިމާމް ޚުމައިނީ ގްރޭންޑް މިސްކިތުގައި 2026 ވަނަ އަހަރުގެ ޖުލައި މަހުގެ 3 ވަނަ ދުވަހު، އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ އާއި އެމަނިކުފާނުގެ އާއިލާގެ ބޭފުޅުންގެ ހަށިކޮޅުތައް ބާއްވާފައިވާ ސަންދޯއްޕުޅުތަކުގެ ކައިރިއަށް، އީރާނުގެ އިސްވެރިންނާއި ބޭރު ގައުމުތަކުގެ އިއްޒަތްތެރިން ޒިޔާރަތްކުރައްވަނީ.
އީރާނުގެ ވެރިރަށް ތެހެރާނުގައި ހުންނަ އިމާމް ޚުމައިނީ ގްރޭންޑް މިސްކިތުގައި 2026 ވަނަ އަހަރުގެ ޖުލައި މަހުގެ 3 ވަނަ ދުވަހު، އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ އާއި އެމަނިކުފާނުގެ އާއިލާގެ ބޭފުޅުންގެ ހަށިކޮޅުތައް ބާއްވާފައިވާ ސަންދޯއްޕުޅުތަކުގެ ކައިރިއަށް، އީރާނުގެ އިސްވެރިންނާއި ބޭރު ގައުމުތަކުގެ އިއްޒަތްތެރިން ޒިޔާރަތްކުރައްވަނީ.

ރާއްޖެޓީވީން ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) އަށް ސުވާލު ކުރުމުން ވިދާޅުވީ، ޖަނާޒާ ގައި ބައިވެރިވުމަށް ދިވެހި ސަރުކާރަށް ދައުވަތު ލިބުނު ކަމަށެވެ. 

"ދައުވަތު ލިބުނު، ގަބޫލު ކޮށްފައިވާނީ،" މުންދު ވިދާޅުވި އެވެ.

ރަސްމިއްޔާތުގައި ބައިވެރިވާނީ ގަލްފް ސަރަހައްދުގައި ހުންނަވާ ސަފީރެއް ކަމަށް ވެސް މުންދު ވިދާޅުވި އެވެ.

އެއީ ކޮން ބޭފުޅެއްތޯ ދެންނެވުމުން، މުންދު ވިދާޅުވީ، "އެ ސަރަހައްދުގައި ހަތަރު އެމްބަސީ ހުންނާނެ" ކަމަށާއި "ބައިވެރިވާނީ އެތަނުން ބޭފުޅަކު" ކަމަށެވެ.

އަވަހާރަކޮށްލެވުނު އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާއަށް 100 އަށް ވުރެ ގިނަ ގައުމުގެ މަންދޫބުންނާއި 20 މިލިއަނެއްހާ އާއްމުން ތެހެރާނަށް ޖަމާވާނެ ކަމަށް ބެލެވޭ ކަމަށް އީރާނުގެ ސަރުކާރުން ވަނީ ހާމަ ކޮށްފަ އެވެ.

މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާ ބޭރު ގައުމުތަކުގެ އިއްޒަތްތެރިންގެ ތެރޭގައި ތުރުކުމެނިސްތާނުގެ ޕީޕަލްސް ކައުންސިލްގެ ރައީސް ގުރުބަންގުލީ ބަރްދީ މުހައްމަދޯވް، އިރާގުގެ ރައީސް ނިޒާރު އާމިދީ، އަރުމީނިއާގެ ބޮޑުވަޒީރު ނިކޯލް ޕަޝިނިއަން، ތަޖިކިސްތާނުގެ ރައީސް އިމޯމަލީ ރަހްމާން، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ހިމެނިވަޑައިގަންނަވަ އެވެ.

މީގެ އިތުރުން އިރާގު، އަޒަރުބައިޖާން، ބަންގްލަދޭޝް، އުޒްބެކިސްތާން، ބެލަރޫސް އަދި ކިރިގިސްތާނުގެ މަޖިލިސް ރައީސުންނާއި، ނިކަރާގުއާ، ކޮންގޯ އަދި ބުރުކީނާ ފާސޯގެ ޚާރިޖީ ވަޒީރުންނާއި، މިސްރުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސާއި، ފަލަސްތީނުގެ އިސްލާމިކް ޖިހާދު ހަރަކާތުގެ ސެކްރެޓަރީ ޖެނެރަލް އަދި އޮމާންގެ މަޖިލިސް ރައީސް ވެސް ވަނީ ޖަނާޒާ ގައި ބައިވެރިވެ ވަޑައިގެންފަ އެވެ.

ޝަންހާއީ ކޯޕަރޭޝަން ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ނުރްލާން ޔެރްމެކްބަޔޭވް، ޑީ-8 ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް އަދި އޯ.އައި.ސީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނަވަ އެވެ.

މީގެ އިތުރުން ތުރުކީގެ ނައިބު ރައީސް، ސައުދީ އަރަބިއްޔާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ވަލީދު އަލް ޚުރައިޖީ، ކަޒަކިސްތާނުގެ ޚާރިޖީ ވަޒީރު، ލުބުނާނުގެ ޑިފެންސް މިނިސްޓަރު، ޕާކިސްތާނުގެ ސެނެޓްގެ ރައީސް ސައީދު ޔޫސުފް ރަޒާ ޖިލާނީ، ކިއުބާގެ ހަޔަރ އެޑިއުކޭޝަން މިނިސްޓަރު، ނެމީބިއާގެ ޕްރެޒިޑެންޝަލް އެފެއާޒް މިނިސްޓަރު، ގަތަރުގެ ޝޫރާ ކައުންސިލްގެ ރައީސް، ޗައިނާގެ ނެޝަނަލް ޕީޕަލްސް ކޮންގްރެސްގެ ސްޓޭންޑިން ކޮމިޓީގެ ނައިބު ރައީސް، ރަޝިއާގެ ސެކިއުރިޓީ ކައުންސިލްގެ ނައިބު ރައީސް ޑިމިޓްރީ މެޑްވެޑޭވް، އަދި ސާބިއާ، މިޔަންމާ، މެލޭޝިއާ، ޓެންޒޭނިއާ އަދި ތައިލެންޑްގެ ހާއްސަ މަންދޫބުން ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް އީރާނުގެ ޚާރިޖިއްޔާ އިން ހާމަ ކޮށްފައިވެ އެވެ.

އީރާނުގެ ރަސްމީ މީޑިއާ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ބަންގްލަދޭޝް، ސްރީ ލަންކާ،  ދެކުނު ކޮރެއާ އަދި އުތުރު ކޮރެއާ އިން ވެސް ވަނީ ޖަނާޒާ ގައި މަންދޫބުން ބައިވެރިކޮށްފަ އެވެ.

އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ބަޣާއީ ވިދާޅުވި ގޮތުގައި އަވަށްޓެރި ގައުމުތަކުން މަތީ ފަންތީގެ ވަފުދުތައް ވަނީ ވަޑައިގެންފަ އެވެ. އޭގެ ތެރޭގައި މަދުވެގެން އަށް ގައުމެއްގެ އިސްވެރިން (ރައީސުން ނުވަތަ ބޮޑުވަޒީރުން) އަދި 12 ގައުމެއްގެ މަޖިލިސް ރައީސުން ހިމެނިވަޑައިގަންނަވަ އެވެ. އެހެން ގައުމުތަކުން ބައިވެރިވަނީ ޚާރިޖީ ވަޒީރުން ނުވަތަ ހާއްސަ މަންދޫބުންގެ ފެންވަރުގަ އެވެ.

އީރާނުގެ ވެރިރަށް ތެހެރާނުގައި ހުންނަ އިމާމް ޚުމައިނީ ގްރޭންޑް މިސްކިތުގައި 2026 ވަނަ އަހަރުގެ ޖުލައި މަހުގެ 3 ވަނަ ދުވަހު، އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ އާއި އެމަނިކުފާނުގެ އާއިލާގެ ބޭފުޅުންގެ ހަށިކޮޅުތައް ބާއްވާފައިވާ ސަންދޯއްޕުޅުތަކުގެ ކައިރިއަށް، އީރާނުގެ އިސްވެރިންނާއި ބޭރު ގައުމުތަކުގެ އިއްޒަތްތެރިން ޒިޔާރަތްކުރައްވަނީ.

އީރާނުގެ ވެރިރަށް ތެހެރާނުގައި ހުންނަ އިމާމް ޚުމައިނީ ގްރޭންޑް މިސްކިތުގައި 2026 ވަނަ އަހަރުގެ ޖުލައި މަހުގެ 3 ވަނަ ދުވަހު، އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ އާއި އެމަނިކުފާނުގެ އާއިލާގެ ބޭފުޅުންގެ ހަށިކޮޅުތައް ބާއްވާފައިވާ ސަންދޯއްޕުޅުތަކުގެ ކައިރިއަށް، އީރާނުގެ އިސްވެރިންނާއި ބޭރު ގައުމުތަކުގެ އިއްޒަތްތެރިން ޒިޔާރަތްކުރައްވަނީ.|ގެޓީ އިމޭޖަސް

އޭނާ އިތުރަށް ވިދާޅުވީ ގާތްގަނޑަކަށް 100 އެއްހާ ގައުމުން މި ރަސްމިއްޔާތުގައި ބައިވެރިވާނެ ކަމަށެވެ. އިރުމަތީ ޔޫރަޕްގެ ގައުމުތަކުގެ ރަސްމީ ވަފުދުތަކާއި މަޖިލިސް މެންބަރުން ބައިވެރިވި ނަމަވެސް، އީރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ދިން ހަމަލާތަކަށް ރަސްމީކޮށް ތާއީދުކުރި ޔޫރަޕްގެ ގައުމުތަކަށް ދައުވަތު ދީފައިނުވާނެ ކަމަށް ބަޣާއީ ވިދާޅުވި އެވެ.

ޚާމަނާއީގެ ޖަނާޒާގައި ބައިވެރިވެވަޑައިގަންނަވާ ބޭރު ގައުމުތަކުގެ މަންދޫބުންގެ ތެރޭގައި ރާއްޖެ އިން ބައިވެރިވާ މަންދޫބެއްގެ ވާހަކަ އީރާނުގެ ސަރުކާރުން ވެސް އަދި އީރާނުގެ ރަސްމީ މީޑިއާ އަކުން ވިޔަސް ފާހަގަ ކޮށްފަ އެއް ނުވެ އެވެ.

އީރާނުގެ އެންމެ މަތީ ލީޑަރު އަވަހާރަ ކޮށްލުމާ ގުޅިގެން، އިސްލާމީ ގައުމެއްގެ އެންމެ މަތީ ވެރިޔަކު އަވަހާރަވުމުން ރާއްޖެއިން ޒަމާނުއްސުރެ އަމަލު ކުރަމުން އަންނަ އުސޫލުގައިވާ އެއްވެސް ކަމެއް ރައީސް މުއިއްޒުގެ ސަރުކާރުން ކޮށްފައި ނުވާކަން ފާހަގަ ކުރެވެ އެވެ. އެންމެ ކުޑަމިނުން އީރާނުގެ ރައްޔިތުންނަށް ތައުޒިޔާ ވެސް ކިޔާފައި ނުވާކަން ފާހަގަ ކުރެވެ އެވެ.

އީރާނުގެ ކުރީގެ ލީޑަރު އަލީ ޚާމަނާއީ އަވަހާރަ ކޮށްލީ މެރިކާއާއި އިސްރާއީލުން ފެބްރުއަރީ 28 ވަނަ ދުވަހު އެމަނިކުފާނުގެ ރަސްމީ ގެކޮޅަށް ދިން ހަމަލާ އެއްގަ އެވެ.