ހދ. ހަނިމާދޫ އުތުރު ފަރާތު ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތާ ގުޅޭ ގޮތުން އެރަށު ކައުންސިލްގެ ނައިބް ރައީސް ފިރާގް މުހައްމަދު މައުލޫމާތު ދެއްވަނީ.
ހދ. ހަނިމާދޫ އުތުރު ފަރާތު ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތާ ގުޅޭ ގޮތުން އެރަށު ކައުންސިލްގެ ނައިބް ރައީސް ފިރާގް މުހައްމަދު މައުލޫމާތު ދެއްވަނީ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ދެ އަހަރާއި ބައި ވެގެން ދިޔަ އިރު، ހދ. ހަނިމަދޫ އުތުރު ފަރާތު ބަނދަރު މަރާމާތުކުރުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް ކުރެވުނުހާވެސް ކަމަކީ ސާވޭއެއް ކުރުން އެކަނި ކަމަށް އެ ރަށު ކައުންސިލުން ހާމަކޮށްފި އެވެ.

މިކަމާ ގުޅޭގޮތުން "ރާއްޖެ އެމްވީ" އަށް މައުލޫމާތު ދެއްވަމުން ހަނިމާދޫ ކައުންސިލްގެ ނައިބް ރައީސް ފިރާގް މުހައްމަދު ވިދާޅުވީ، ރައީސް މުއިއްޒު އިންތިޚާބުވެވަޑައިގަތުމަށްފަހު ރަށްރަށަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުތަކުގެ ތެރެއިން އެ ރަށަށް ވަޑައިގަތުމުން، އުތުރު ފަރާތު ބަނދަރުގެ މައްސަލަ ރައީސްގެ ސަމާލުކަމަށް ގެނައި ކަމަށެވެ. ފިރާގް ފާހަގަކުރެއްވި ގޮތުގައި އެއީ  ރައީސް މައުމޫނުގެ ވެރިކަމުގައި ބޭނުންކުރަން ފެށި ބަނދަރެކެވެ.

ހދ. ހަނިމާދޫ އުތުރު ފަރާތު ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތާ ގުޅޭ ގޮތުން އެރަށު ކައުންސިލްގެ ނައިބް ރައީސް ފިރާގް މުހައްމަދު މައުލޫމާތު ދެއްވަނީ.

ހދ. ހަނިމާދޫ އުތުރު ފަރާތު ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތާ ގުޅޭ ގޮތުން އެރަށު ކައުންސިލްގެ ނައިބް ރައީސް ފިރާގް މުހައްމަދު މައުލޫމާތު ދެއްވަނީ.|ރާއްޖެ އެމްވީ

ފިރާގް ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިޙުގެ ވެރިކަމުގައި އެ ރަށުގައި އާ ބަނދަރެއް ހެދުމުގެ އިތުރުން، އުތުރު ފަރާތުގެ ބަނދަރުގައި ކައުންސިލުން އެދުނު ގޮތަށް ކޮންކްރީޓް އަޅައި ބައެއް މަރާމާތުތައް ކޮށްދީފައިވާ ކަމަށެވެ. ނަމަވެސް، އެ ބަނދަރުގެ ހާލަތު އިތުރަށް ގޯސްވަމުންދާތީ، ރައީސް މުއިއްޒު 2024 ވަނަ އަހަރު އެ ރަށަށް ވަޑައިގަތުމުން ވެސް އެ ބަނދަރު މަރާމާތުކޮށްދެއްވުމަށް އެދުނު ކަމަށް އޭނާ ވިދާޅުވި އެވެ.

އަޅުގަނޑުމެން ރައީސް މުއިއްޒު އަށް ދެންނެވީ ތިރީސް އަހަރުގެ މި ބަނދަރު އަޅުގަނޑުމެންނަށް މަރާމާތުކޮށްދެއްވާށޭ. ބުނީމަ ހަމަ ވަގުތުން މޫލިއާގޭގެ ޗީފް އޮފް ސްޓާފް އިގްބާލް އާދަމް ކައިރީ ދެންނެވީ ސީދާ އިގްބާލްގެ ބެލުމުގެ ދަށުން މި މަސައްކަތް އަވަހަށް ފަށަން،
ހަނިމާދޫ ކައުންސިލްގެ ނައިބް ރައީސް ފިރާގް މުހައްމަދު

ނަމަވެސް، އޭގެ ފަހުން 2025 އޮގަސްޓް 25 ގައި އެ ރަށުގައި ބިންގާ އެޅުމުގެ ރަސްމިއްޔާތަކަށް ރައީސް ވަޑައިގަތުމުންވެސް ބަނދަރުގެ މައްސަލަ ހައްލުނުވާކަން ދެންނެވި ކަމަށާއި، އޭރުވެސް ރައީސް ވިދާޅުވީ މަސައްކަތް ކުރިއަށްދާނެ ކަމަށް ކަމަށް ފިރާގް ވިދާޅުވި އެވެ.

ފިރާގް އިތުރަށް ވިދާޅުވީ، ސަރުކާރުގެ ދެ އަހަރާއި ބައި ވެގެން ދިޔައިރު، އެންމެ ފަހުން މިދިޔަ ޖޫން މަހު މިނިސްޓްރީން އައިސް ހެދީ ސާވޭއެއް އެކަނި ކަމަށެވެ. އަދި މަސައްކަތް މިހާ ލަސް ސްޕީޑެއްގައި ކުރިއަށްދާތީ، ބަނދަރުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިދާނެ ކަމުގެ އުއްމީދު ކުޑަވަމުންދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

ދެ އަހަރާއި ބައިވީ އިރު ސާވޭ އަދި ކިރިޔާ މި ހެދުނީ. އެހެންވީމަ ދެން ވިސްނަވަޑައިގެން މި ބަނދަރު ދެން ހެދޭނެތޯ. މިދާ ސްޕީޑްގަ ދާއިމީ ހައްލެއް ލިބޭނެ ކަމުގެ މާ ބޮޑު އުއްމީދެއް މިހާރު ނެތް،
ހަނިމާދޫ ކައުންސިލްގެ ނައިބް ރައީސް ފިރާގް މުހައްމަދު

ހަނިމާދޫ އުތުރު ބަނދަރަކީ އެ ރަށުގެ މީހުންގެ އިތުރުން އެހެން ރަށްރަށުގެ ގިނަ ބަޔަކު ބޭނުންކުރަމުންދާ މުހިންމު ބަނދަރަކަށްވާއިރު، މި މަސައްކަތް ލަސްވަމުންދާތީ ރަށުގެ ރައްޔިތުންނާއި ކައުންސިލުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.