މ. ރަތްމަންދޫގެ ބައެއް ފަރާތްތަކުން އެ ރަށުގައި ތަރައްގީގެ އެއްވެސް
ޕްރޮޖެކްޓްއެއް ހިންގަން ބޭނުން ނުވާ ކަމަށް އެ ދާއިރާގެ އެމްޑީޕީ ގައުމީ މަޖިލިސް
މެންބަރު މުހައްމަދު އިހުސާން ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި އިހުސާން ވިދާޅުވީ އާބާދީގެ ވަކި
ބަޔަކު ރަށުން ބަދަލުވާން ބޭނުން ވާތީ އެރަށުގައި ތަރައްގީގެ އެއްވެސް
ޕްރޮޖެކްޓެއް ހިންގަން ބައެއް ފަރާތް ތަކުން ބޭނުން ނުވާ ކަމަށެވެ.
ރަތްމަންދޫ އާބާދީގެ ވަކި ބަޔަކު ރަށުން ބަދަލުވާން، ހިޖުރަކުރަން ވިދާޅުވާތީވެ، އެހެންވީމަ ރަށުގަ އެއްވެސް ޕްރޮޖެކްޓެއް ހިންގާކަށް ބައެއް ފަރާތްތަކުން ބޭނުމެއް ނުވޭ، ތަރައްގީގެ އެއްވެސް މަސައްކަތެއް ކުރިޔަށް ދާކަށް ބޭނުމެއް ނުވޭ.މުހައްމަދު އިހުސާން / އެމްޑީޕީ ޤައުމީ މަޖިލިސް މެމްބަރު
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު 2024 ވަނަ އަހަރުގެ މާޗު މަހުގެ ހަ ވަނަ ދުވަހު ރަތްމަންދޫ ކައުންސިލް އަދި
އަންހެނުން ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލު ކުރައްވައި، އެރަށުގެ
ތަރައްގީ އަށް ކުރަން ބޭނުންވާ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވެ އެވެ.
މި ބައްދަލުވުމުގައި ސްކޫލުގައި
ތަޢުލީމު ހާސިލު ކުރުމަށް ހުރި ކަންބޮޑުވުން ތަކާއި، ފެނާއި ނަރުދަމާގެ ޚިދުމަތް
ނުލިބުމާއި، ލަފާ ފުރުމުގެ މައްސަލަ އަދި އިޚްތިޞާޞަށް ބައެއް
އިތުރު ކޮށްދެއްވުމަށާއި، ފެނަކަ އޮފީސް އިމާރާތް އަވަހަށް ނިންމަވައި ދެއްވުން އަދި ރަށުގެ އެމްބިއުލާންސް ހަލާކު ވެފައިވާތީ އެކަން ޙައްލު ކޮށްދެއްވުމަށް ކައުންސިލުން
ވަނީ އެދިފައި އެެވެ.
މީގެ އިތުރުން ކުރީ ސަރުކާރުން ފެނާއި ނަރުދަމާގެ ޕްރޮޖެކްޓް ފަށައި، ގާތްގަނޑަކަށް %90 ނިންމާފައިވާ ކަމާއި، މިހާރު އެއްވެސް ޕްރޮޖެކްޓެއްގެ މަސައްކަތް
ކުރިއަށް ނުދާކަން އަދި ރަށުގައި އެއްވެސް މަސައްކަތެއް ހިންގަން ސަރުކާރުން
ބޭނުން ނުވާކަން އިހުސާން ފާހަގަ ކުރި އެވެ.