ދިވެހިރާއްޖެއިން ގަތަރަށް ކަނޑައެޅި އާ ސަފީރު އާދަމް ޝަރީފް އުމަރުގެ ސަފީރުކަމުގެ ފަތްކޮޅު ގަތަރުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް ސުލްޠާން ބިން ސާދު އަލް މުރައިޚީ އަށް އަރުވައިފި އެވެ.

މި ރަސްމިއްޔާތު އޮތީ ބުރާސްފަތި ދުވަހު އެވެ.

މި ބައްދަލުކުރެއްވުމުގައި، ގަތަރުގެ ސްޓޭޓް މިނިސްޓަރ ވަނީ އާ ސަފީރު އާދަމް ޝަރީފް އުމަރަށް މަރުޙަބާ ވިދާޅުވެ، އެމަނިކުފާނުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގަންނަވާފަ އެވެ. މީގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، އެކި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ވެސް ގަތަރުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް ދެއްވި ކަމަށް މި ކަމާ ގުޅިގެން ގަތަރުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.