އއ.ތޮއްޑޫ ސީޕްލޭން ޖައްސާ ފްލެޓްފޯމް ގޮނޑުދޮށަށް ލައްގައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސީޕްލޭން ޖައްސާ ފްލެޓްފޯމް ކަނޑައިގެން ގޮސް ލެއްގިތާ ދެތިން ދުވަސް ވަނީވެފަ އެވެ.

ބުދަ ދުވަހުގެ ފަށާއިރު ޕްރޮގްރާމްގެ ތެރެއިން ތޮއްޑޫ ކައުންސިލަށް ގުޅުމުން، މުވައްޒަފެއް ބުނީ އެކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، އެކަން ރަނގަޅު ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާ ކަމަށެވެ. 

ދަތުރުތަކަށް އެއްވެސް ކަހަލަ ދައްޗެއް ކުރިމަތިނުވާކަން ފާހަގަކޮށް އެމުވައްޒަފު ބުނީ ދަތުރު އޮންނަނީ ބުރާސްފަތި އަދި ހޮނިހިރު ދުވަހު ކަމަށާއި، މިިދިޔަ ހޮނިހިރު ދުވަހު ވެސް ސީޕްލޭންގެ ދަތުރު އޮތް ކަމަށެވެ. 

ތޮއްޑޫއަށް ސީޕްލޭންގެ ޚިދުމަތް ފަށާފައިވަނީ 12 ފެބްރުއަރީ 2026 ގަ އެވެ. އެރަށަކީ މިހާރު ލޯކަލް ޓޫރިޒަމްގައި ވަރަށް ބޮޑަށް ކުރިއަރަމުން އަންނަ ރަށަކަށްވާއިރު، ކޮންމެ ދުވަހަކު ވެސް ގިނަ ފަތުރުވެރިން އެރަށަށް ދަތުރު ކުރެ އެވެ. އަދި  ސީޕްލޭންގެ ދަތުރު ނުކުރޭ ކަމަށްވާނަމަ ގިނަ ބަޔަކަށް އެކަމުގެ ދަތިތައް ކުރިމަތިވާނެ އެވެ.