މޯލްޑިވްސް
ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ބޯޑު މެމްބަރުކަމާއި، އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ
މަޤާމަށް މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް އައްޔަނުކޮށްފި އެވެ.
ފިރުޒުލް މި މަޤާމަށް އައްޔަނުކުރިކަން ހާމަކޮށްފައިވަނީ
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުދަ ދުވަހު އެކްސްގައި
ހިއްސާކުރި ޕޯސްޓެއްގަ އެވެ.
ޕީސީބީން
ހާމަކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ފިރުޒުލް މި މަޤާމަށް އައްޔަނުކޮށްފައިވަނީ
2026 ޖުލައި 1 ވަނަ ދުވަހުން ފެށިގެންނެވެ.
ހައްޖު ކޯޕަރޭޝަންގެ
ހިންގުމާ ފިރުޒުލް ހަވާލުވެވަޑައިގެންފައި މިވަނީ އެ މަޤާމުގައި ހުންނެވި މުޙައްމަދު
ޝަކީލް އިލެކްޝަންސް ކޮމިޝަނަށް އައްޔަނު ކުރައްވާފައިވާތީ އެ މަޤާމު ހުސްވުމާ
ގުޅިގެންނެވެ.
މުޙައްމަދު
ފިރުޒުލް އަކީ މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޯ
ޕަބްލިކް ޕޮލިސީގެ މަޤާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ މި ސަރުކާރުގެ
ކުރީކޮޅު ސަރުކާރުގެ އިންތިޤާލީ މަރުޙަލާގައި ތަރުޖަމާނުކަންވެސް ކުރައްވާފަ އެވެ.
ހައްޖު ކޯޕަރޭޝަނަކީ
ދިވެހި ރައްޔިތުން ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށްޓަކައި ކުރާ ދަތުރުތައް
އިންތިޒާމުކޮށް، އެކަމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އުފައްދާފައިވާ
ކުންފުންޏެކެވެ. މި ކުންފުނީގެ މަސައްކަތްތަކާ ގުޅޭގޮތުން އާންމުންގެ މެދުގައި
ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުއްޓެވެ.