މިނިވަން
ދުވަސް ފާހަގަކުރުމަށް މާލޭގައި ސަރުކާރުން 4 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު،
އަތޮޅުތެރޭގައި މިނިވަން ދުވަހުގެ ޙަރަކާތްތަކަށް އެންމެ ރުފިޔާއެއްވެސް ސަރުކާރުން
ޚަރަދުކޮށްފައި ނުވާކަން ހާމަވެއްޖެއެވެ.
އެކަން ހާމަވީ
ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ
އެންޑް ހެރިޓޭޖް ހީނާ ވަލީދުއާ ސުވާލު ކުރުމަށް މަޖިލީހަށް ހާޒިރުކުރުމުންނެވެ. އެގޮތުން
ހީނާ ހާޒިރުކުރީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހިމް ކުރެއްވި
ސުވާލަކާ ގުޅިގެންނެވެ.
މެމްބަރު
މުޙައްމަދު އިބްރާހިމް ކުރައްވާ ސުވާލަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު
ފުރުމުގެ މުނާސަބަތު ފާހަގަކުރުމަށް މިދިޔަ އަހަރު އެ މިނިސްޓްރީން ހިންގާފައިވާ
ހަރަކާތްތަކަށް ޖުމުލަ ޚަރަދުކުރެއްވި ގޮތާއި ހިނގި ޚަރަދުތަކުގެ ތަފްސީލު
ސާފުކޮށްދިނުމަށް އެދޭ ސުވާލެކެވެ.
އެ
ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވި ގޮތުގައި މިނިވަން ދުވަހުގެ ޙަރަކާތްތަކަށް
ޖުމުލަ ޚަރަދުވެފައިވަނީ 4.1 މިލިއަން ރުފިޔާއެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި
މާލެ ފިޔަވައި އަތޮޅުތެރޭގައި އެއްވެސް ވަރަކަށް ސަރުކާރުން ޙަރަކާތެއް ހިންގާފައެއް
ނުވެއެވެ.
މިނިސްޓަރު
ވިދާޅުވީ އަތޮޅުތެރޭގައި ސަރުކާރުން ޙަރަކާތެއް ހިންގާފައި ނުވާތީ، އަތޮޅުތެރޭގައި
މިނިވަން ދުވަސް ފާހަގަކުރުމަށް އެއްވެސް ޚަރަދެއް ހިނގާފައެއް ނުވާނެ ކަމަށެވެ.
މިނިވަން ދުވަހުގެ ޙަރަކާތްތަކަށް ޖުމުލަ ޚަރަދުވެފައިވަނީ 4.1 މިލިއަން ރުފިޔާ، މާލެ ފިޔަވައި އަތޮޅު ތެރޭގައި އެއްވެސް ވަރަކަށް ސަރުކާރުން ޙަރަކާތެއް ހިންގާފައެއް ނުވޭ، އެހެންވީމާ އަތޮޅު ތެރޭގައި މިނިވަން ދުވަސް ފާހަގަ ކުރުމަށް އެއްވެސް ޚަރަދެއް ހިނގާފައެއް ނުވާނެމިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދު
މިނިސްޓަރުގެ
މި ވާހަކަފުޅުން ސަރުކާރުން އަތޮޅުތެރޭގެ ރައްޔިތުންނަށް ސަމާލުކަން ނުދޭކަން ހާމަވެފައިވާއިރު،
މިއީ ސަރުކާރުން މާލެއާ އަތޮޅު ތެރެއާ ދެމެދު ގެންގުޅެމުންދާ ތަފާތުކުރުމުގެ ސިޔާސަތަށް ބާރު ލިބިގެންދާ ވާހަކައެކެވެ.