ފަހުގެ ތާރީޚެއްގައި މާލެ ސަރަހައްދަށް މޫސުން އެންމެ ގޯސްވި އެއް ރޭ، މޫސުމީ ނުރައްކަލުން ސަލާމަތްވުމަށް އާރަށުގެ ނިވަލުގައި މަޑުކޮށްގެން ތިބި މަސްވެރިންތަކެއް، ސަލާމަތީ ބާރުތަކުން އެ ސަރަހައްދުން ފަހާލި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އުއްމީދު ދޯނީގެ މަސްވެރިޔަކު ރާއްޖެ އެމްވީ އަށް މައުލޫމާތު ދެނީ.
އުއްމީދު ދޯނީގެ މަސްވެރިޔަކު ރާއްޖެ އެމްވީ އަށް މައުލޫމާތު ދެނީ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ، ބޮޑުގާފަޅާއި ބަނޑޮހާ ދެމެދު ފަރުމަހުގެ މަސްވެރިކަން ކުރަން އުޅުނު "އުއްމީދު" ނަމަކަށް ކިޔާ ދޯންޏަކަށެވެ. އެ ވަގުތު ދޯނީގައި ތިބި  މަސްވެރިން "ރާއްޖެ އެމްވީ" އަށް ދީފައިވާ މައުލޫމާތުގައި ބުނެފައިވަނީ، އެރޭ މޫސުން ގޯސްވެ، ކަނޑުގަދަވުމުގެ ސަބަބުން ދަތުރު ނުކުރެވިގެން އާރަށުގެ ނިވަލުގައި މަޑުކޮށްލީ ސަލާމަތްތެރިކަމެއް ހޯދުމުގެ ގޮތުން ކަމަށެވެ.

އުއްމީދު ދޯނީގެ މަސްވެރިޔަކު ރާއްޖެ އެމްވީ އަށް މައުލޫމާތު ދެނީ.
އުއްމީދު ދޯނީގެ މަސްވެރިޔަކު ރާއްޖެ އެމްވީ އަށް މައުލޫމާތު ދެނީ.
އުއްމީދު ދޯނީގެ މަސްވެރިޔަކު ރާއްޖެ އެމްވީ އަށް މައުލޫމާތު ދެނީ.

އުއްމީދު ދޯނީގެ މަސްވެރިޔަކު ރާއްޖެ އެމްވީ އަށް މައުލޫމާތު ދެނީ.|ރާއްޖެ އެމްވީ

އުމުރުން 70 އަހަރުގެ، އަދި މަސްވެރިކަމުގައި 50 އަހަރަށްވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާ އެ ދޯނީގެ ތަޖުރިބާކާރު މަސްވެރިޔަކު ކިޔައިދިން ގޮތުގައި، އެރޭ މޫސުން ގޯސްވި ވަރަށް މޫސުން ގޯސްވި ރެއެއް އޭނާގެ މުޅި ހަޔާތުގައިވެސް ދެކެފައެއް ނުވެ އެވެ.

"އަޅުގަނޑުމެން އާރަށާ ހަމައިގައި އޮއްވާ މޫސުން ވަރަށް ބޮޑަށް ގޯސްވީ. އުތުރުން ވައި އަންނާތީ ނެރުމަތީގައި ރާޅު މުގުރަމުން ދިޔައީ. ގާތްގަނޑަކަށް ދޮޅުގަޑިއިރު ވަންދެން ހޭރިޔާކޮށްގެން ހިފަހައްޓާލައިގެން ތިއްބާ، ސަލާމަތީ ބާރުތަކުގެ ލޯންޗެއް އައިސް ބުނީ މިތާ ނުތިބެވޭނެ ކަމަށް، އަޅުގަނޑުމެން ބުނިން ދެން ކޮންތާކަށްހޭ އަޅުގަނޑުމެން ދާނީ؟ މިހިރީއޭ ވެހޭ ވާރެޔާ، ޖެހޭ ވަޔާ، މިއޮތްގެން ކޮޅުންގަންނަވަނީއޭ. ކޮންތާކަށްތޯ އަޅުގަނޑުމެން ދާނީ؟ މިތާ ނިވާދާށުގަވީމަ މަޑުކޮށްލައިގެން އަނބުރާ އަނބުރާ އަޅުގަނޑުމެން މިތިބީއޭ. އަޅުގަނޑުމެންނަށް ދާނެކަހަލަ އެއްވެސް ތަނެއް ނެތް. ތަނެއް ފެންނަނީކީއެއް ނޫނޭ. ކިހިނެއްހޭ ދާނީ. މިހިރީއޭ ވެހޭ ވާރޭ. މާލޭގެ އަލިވެސް ނުފެނޭ އޭރު، މޫސުން ގޯސްވުމުގެ ސަބަބަބުން.
އުއްމީދު ދޯނީގެ މަސްވެރިއެއް

މަސްވެރިން ބުނި ގޮތުގައި، ވާރޭވެހި މާލޭގެ އަލިވެސް ނުފެންނަ ވަރަށް މޫސުން ގޯސްވެފައި އޮތުމުން، އެ ވަގުތު ދާނެ އެހެން ތަނެއް ނެތް ކަމަށް ބުނެ އާދޭސް ކުރުމުންވެސް ސަލާމަތީ ބާރުތަކުން އެކަމަށް އިޖާބައެއް ނުދިނެވެ. އަދި އެ މީހުން އެ ސަރަހައްދުން ދުރަށް ނުގޮސް، މަސްވެރިން އެތަނުން ފުރަންދެން މަޑުކޮށްގެން ތިބި ކަމަށްވެސް މަސްވެރިޔާ ބުންޏެވެ.

އުއްމީދު ދޯނީގެ މަސްވެރިޔަކު ރާއްޖެ އެމްވީ އަށް މައުލޫމާތު ދެނީ.

އުއްމީދު ދޯނީގެ މަސްވެރިޔަކު ރާއްޖެ އެމްވީ އަށް މައުލޫމާތު ދެނީ.|ރާއްޖެ އެމްވީ

ކަނޑިންމާ ގުއްބު މަތިން ރާޅު އަރާތަން ފެނޭ. އަޅުގަނޑު ހީވެސް ނުކުރަން ސަލާމަތުން ވަދެވޭނެ ކަމަކަށް. އެހާވެސް އުއްމީދު ކުޑަ ހާލަތެއްގައި ވަނީ. އެކަމަކު މާތް ﷲގެ ރަހުމަތުން ސަލާމަތުން ބަނދަރަށް ވަދެވިއްޖެ، ވަދެވުނީމަ އަޅުގަނޑުގެ ދެފައިކޮޅުވެސް ހަރުލީ. ވަރަށް އިހާނެތިކޮށް އެރޭ އަޅުގަނޑުމެންނާ ދޭތެރޭ ސަލާމަތީ ބާރުތަކުން ކަންތައް ކުރީ.
އުއްމީދު ދޯނީގެ މަސްވެރިއެއް

މީގެ ކުރީގެ ވެރިކަންތަކުގައިވެސް މިފަދަ ހާލަތްތައް ދިމާވެގެން އާރަށުގެ ނިވަލަށް ވަނުމުން، ސަލާމަތީ ބާރުތަކުން އެހީތެރިކަން ފޯރުކޮށްދީ، ކާންބޯންދީ ހެދިކަން މަސްވެރިން ފާހަގަކުރި އެވެ. ނަމަވެސް މިފަހަރު ދިމާވި އިހާނެތި ގޮތުގެ ސަބަބުން މަސްވެރިން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ކަނޑުމަތީގެ ނުރައްކާތެރި ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދޭން ތިބޭ ސަލާމަތީ ބާރުތަކުން، ފުރާނައަށް ނުރައްކާވެދާނެ ފަދަ ދަނޑިވަޅެއްގައި މިފަދަ ގޮތަކަށް އަމަލުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ އާންމުންގެ މެދުގައިވެސް މިހާރު ދަނީ މި މައްސަލައިގައި ފާޑުކިއުންތައް އަމާޒުވަމުންނެވެ.