އައްޑޫ އިކްއެޓޯރިއަލް
ހޮސްޕިޓަލް (އޭއީއެޗް) ގައި އަންގާރަ ދުވަހުން ފެށިގެން ވެކްސިން ދޭން ފަށައިފި
އެވެ.

އޭއީއެޗްއިން
މައުލޫމާތު ދިން ގޮތުން މިއީ ރާއްޖެ އިން ހިމަބިހީގެ ކޭސްތަކެއް ފެނުމާ ގުޅިގެން
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިހާރު ފަށާފައިވާ ޕްރޮގްރާމެކެވެ.

ވެކްސިން ދިނުން ކުރިއަށް
ދާނީ ޖޫން 30 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 6 އާ ހަމައަށް ކަމަށް މައޫލޫމާތު ދެއެވެ. ވެކްސިން
ޖަހައިދޭނެ ގަޑިތަކުގެ ތަފްސީލް ވަނީ އޭއީއެޗްގެ ފޭސްބުކް ޕޭޖުން އިއުލާންކޮށްފަ
އެވެ.

ވެކްސިން ޖަހަންދާ އިރު،
އައިޑީ ކާޑު ނުވަތަ ޕާސްޕޯޓް ގެންދަން ޖެހޭނެ ކަން ހާމަކޮށްފައިވާއިރު، މި ފަހަރު މިވެކްސިން
ހާއްސަކޮށްފައި ވަނީ އުމުރުން 30 އަހަރުން ދަށުގެ ދިވެހިންނަށާއި ބިދޭސީ މަސައްކަތްތެރިންނަށެވެ.

ހިމަބިއްސަކީ ރާއްޖެ އިން
ނައްތާލާފައިވާ ބައްޔަކަށްވި ނަމަވެސް އެ ބަލީގެ ކޭސްތަކެއް މިދިޔަ މަހު ފެނުނު
ފަހުން މިހާތަނަށް 22 މީހަކަށް ބަލި ޖެހިފައިވާ ކަމަށް ތަފާސް ހިސާބު ތަކުން
ދައްކައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ
(އެޗްޕީއޭ) މެދުވެރިކޮށް މިހާރުވަނީ މުޅި ރާއްޖޭގައި ވަނީ އެމްއާރް ވެކްސިންގެ ޕްރޮގްރާމެއް
ފަށާފަ އެވެ.