ދިވެހި ފުލުހުންގެ ޚިދުމަތަށް ދިގު މުއްދަތެއްގައި އިހުލާސްތެރިކަމާއެކު ޚިދުމަތްކޮށްދެއްވި 27 ފުލުހަކަށް، ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި ރައީސުލްޖުމްހޫރިއްޔާގެ މެޑަލް އަރުވައިފިއެވެ.

 ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި މެޑަލް ހަވާލުކޮށްދެއްވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ 93 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި މެޑަލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

ރައީސުލްޖުމްހޫރިއްޔާގެ ކުލަ މި އަހަރު 20 އޮފިސަރަކަށް ލިބިލެއްވިއެވެ. 

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ މެޑަލް 7 އޮފިސަރަކަށް ވަނީ އަރުވާފައެވެ. އެއީ، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޖަމްޝީދު، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރަޝީދު، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއްރަޙްމާން، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ނާފިޒު، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަތީޙް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ސާމީ އަދި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޖުތަބާ ޢަބްދުއްސައްތާރެވެ.