މޯލްޑިވިއަން ޑިމޮކްރަޓިކް
ޕާޓީ އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަހާއި ގުޅިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި
ދިދަ ނެގުމަށް ނިންމައިފި އެވެ.
އެމްޑީޕީގެ ސެކްރެޓޭރިއަޓުން
މައުލޫމާތުދިން ގޮތުގައި ދިދަ ނެގުން ކުރިއަށް ގެންދާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި
26 ޖޫން 2026 ވަނަ ދުވަހުގެ ހެނދުނު 6:00 ގައެވެ. އެގޮތުން ދިދަ ނެގުމުގެ ރަސްމިއްޔާތުގައި
ބައިވެރިވެ ވަޑައިގެން އެމްޑީޕީގެ ހުރިހާ ސަޕޯޓަރުންނަށް ދައުވަތު ދީފައިވާއިރު
މާލޭގައި ދިދަ ނެގުމަށް ހަމަޖެހިފައިވަނީ އެމްޑީޕީ ހަރުގޭ ގައެވެ.
އެމްޑީޕީއިން ވަނީ
ރާއްޖޭގައި ދެ ފަހަރަށް ވެރިކަން ކޮށްފައެވެ. ރާއްޖޭގެ ރައްޔިތުންގެ މެދުގައި
އެންމެ މަގްބޫލު ޕާޓީއަކަށް އެމްޑީޕީ ވެފައިވާއިރު، ކުރީގެ ރައީސް މުހައްމަދު
ނަޝީދު ވަނީ ދާދި ފަހުން ޕާޓީގެ ޗެއަރޕާސަންގެ މަގާމަށް އިންތިހާބުވެޑައިގެންފަ
އެވެ.
އެމްޑީޕީއަކީ އަބަދުވެސް
ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރަމުން އަންނަ ރާއްޖެއަށް ފުރިހަމަ ޑިމޮކްރަސީއެއް
ގެނެސްދިނުމަށް ކެނޑި ނޭޅި މަސައްކަތް ކުރަމުން އަންނަ ހަމަ އެކަނި ޕާޓީ އެވެ.