‏ގދ. ފިޔޯރީ ކައިރިން ބޭރުގެ ދެ މަސްބޯޓެއް ފެނިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފި އެވެ. 

ބުރާސްފަތި ދުވަހު އެމްއެންޑީއެފުން ބުނީ، ގދ. އަތޮޅާއި ފުވައްމުލަކާ ދޭތެރޭ އޮންނަ އިކްއެޓޯރިއަލް ޗެނަލް ތެރެއިން، ގދ. ފިޔޯރީގެ ހުޅަނގުން ގާތްގަނޑަކަށް 9 ނޯޓިކަލް މޭލު ބޭރުން، އިރުން ހުޅަނގަށް ދަތުރުކުރަމުންދާ، ބޭރުގެ ދެ މަސްބޯޓެއްގެ ރިޕޯޓް ލިބިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ. 

ދޭތެރެދޭތެރެއިން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ބޭރުގެ މަސްބޯޓުތައް އަތުލައިގަނެ އެވެ. މިގޮތަށް އަތުލައިގަނެވޭ ބޯޓުތައް ފުލުހުންނާ ހަވާލުކުރާއިރު، މީގެ ކުރިން މިފަދަ ބޯޓުތަކުން މަސްތުވާތަކެތި ވެސް ހޯދާފައިވެ އެވެ.