އައްޑޫ
އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ
މަޤާމަށް ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.

ޕްރައިވަޓައިޒޭޝަން
އެންޑް ކޯޕަރަޓައިޒޭޝަނުން ބުދަ ދުވަހު ހާމަކުރި ގޮތުގައި މިމަޤާމަށް އައްޔަން ކުރައްވާފައިވަނީ  ސ. ހިތަދޫ، ވެލްކަމްވިލާ އަލްފާޟިލާ ޝެރީނާ ޞާލިޙް
އެވެ.

ޕްރައިވަޓައިޒޭޝަން
އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވިދާޅުވީ، އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް
ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑަށް ޝެރީނާ ޢައްޔަނުކުރައްވާފައިވަނީ ދައުލަތުގެ ވިޔަފާރި
ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި މޮނީޓަރކޮށް އިވެލުއޭޓްކުރުމުގެ
ޤާނޫނުގެ 12 ވަނަ މާއްދާގެ ދަށުންކަމަށެވެ.

ޝެރީނާ
އަކީ ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ހިތަދޫ ބޭރުމަތި ދާއިރާގެ ގޮނޑިއަށް
ޕީއެންސީގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓެވެ. ނަމަވެސް އެ އިންތިޚާބުގައި އޭނާއަށް
ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފަ އެވެ.

އޭއައިއޭގެ
ބޯޑުގައި ތިއްބަވަނީ އެ ކުންފުނީގެ 70 ޕަސެންޓް ހިއްސާވާ ސަރުކާރުގެ ފަސް ޑިރެކްޓަރުންނާއި،
އެ ކުންފުނީގެ 30 ޕަސެންޓް ހިއްސާވާ ކާސާ ހޯލްޑިންސްގެ ދެ ޑިރެކްޓަރުންނެވެ.