ރާއްޖޭގެ ކޮމާޝަލް ބަނދަރުތައް ބަލަހައްޓާ ކުންފުނި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑެޕިއުޓީ ސީއީއޯގެ މަގާމުން އިބްރާހިމް ޒިޔަތު އިސްތިއުފާ ދެއްވައިފި އެވެ. 

އެމްޕީއެލް ގެ ބޯޑަށް އައްޔަންކުރި ލަމްޢާން
އެމްޕީއެލް ގެ ބޯޑަށް އައްޔަންކުރި ލަމްޢާން

މައުލޫމާތު ލިބިފައިވާ ގޮތުގައި ޒިޔަތު އިސްތިއުފާ ދެއްވީ މެއި މަހުގެ ތެރޭގަ އެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވި ސީދާ ސަބަބުން ހާމަކޮށްފައިނުވެ އެވެ. 

ޒިޔަތު މަގާމުން އިސްތިއުފާ ދެއްވިއިރު، 1 މެއި ގައި އެމްޕީއެލްގެ ބޯޑުން އޭނާ ވަކިކުރި އެވެ. އަދި އެމްޕީއެލްގެ ބޯޑުން ޒިޔަތު ވަކި ކުރީ އެތަނުގެ ބޯޑަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީލް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ލަމްއާން އައްޔަން ކުރުމަށް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. 

އެމްޕީއެލް ގެ ބޯޑަށް އައްޔަންކުރި ލަމްޢާން

އެމްޕީއެލް ގެ ބޯޑަށް އައްޔަންކުރި ލަމްޢާން

އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުން 30 އޭޕްރީލް 2026 ގައި ލައްމާން އިސްތިއުފާ ދެއްވީ އޭނާ ގެ މައްޗަށް ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް އަމާޒުވެފައި ވަނިކޮށެވެ. ނަމަވެސް އެ ތުހުމަތުތައް އޭނާ ދޮގު ކުރައްވަ އެވެ. 

ޒިޔަތު އިސްތިއުފާ ދެއްވި ނަމަވެސް ލަމްއާން ހިމެނޭހެން އެމްޕީއެލްގައި މިހާރު ވެސް ތިން ޑެޕިއުޓީ ސިއީއޯއިން އެބަ ތިއްބެވި އެވެ.