މާލެ ސިޓީ
ކައުންސިލާ ބައްދަލުކުރުމަށް އިންކާރުކުރައްވައި ލިޔެކިޔުމުން މުއާމަލާތު ކުރަން
ހައުސިންގ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބު އެދިވަޑައިގަތުމާ ގުޅިގެން މާލެ ސިޓީ ކައުންސިލުގެ
މޭޔަރު އާދަމް އާޒިމް ފާޑުވިދާޅުވެއްޖެއެވެ.
މުހިއްމު
އެކި މައްސަލަތަކުގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރައްވަން
ބޭނުންވާތީ އެކަމަށް އެދިވަޑައިގެން އުޅުއްވާތާ ދެ އަހަރުވީއިރު ވެސް މުއްތޮލިބު
ބައްދަލުކުރައްވާފައިނުވާކަމަށް ބުނެ ސިޓީ ކައުންސިލުން ވަނީ މިނިސްޓްރީއަށް ވެސް
ގޮސްފައެވެ.
އެހެންނަމަވެސް
އެކި ފަހަރުމަތިން މަސައްކަތް ކޮށްގެންވެސް މިނިސްޓަރާ ބައްދަލުވެފައިނުވާއިރު،
މިނިސްޓަރު ވަނީ މާލޭގެ ތަރައްގީއަށް ސަރުކާރުން ކުރާ ކަންކަމަށް މޭޔަރުގެ އެއްބާރުލުން ލިބެމުން ނުދާކަމަށާއި، އަނގަބަހުން މޭޔަރާ
އެކު ކުރެވިފައިވާ މުއާމަލާތްތަކުގެ ހަގީގަތް
އޮޅޭގޮތަށް ވާހަކަ ދައްކަމުންދާކަމާށް ބުނެ، ދެން މުއާމަލާތު
ކުރަންޖެހޭނީ ލިއެކިއުމުންކަމަށް ބުނެ ސިޓީއަކުން ޖަވާބުދީފައެވެ.
އެކަމާ
ނުރުހުން ފާޅު ކުރައްވައި ކައުންސިލް ބައްދަލުވުމެއްގައި ދެއްކެވި ވާހަކަފުޅުގައި މޭޔަރު
އާޒިމް ވިދާޅުވީ މުއްތޮލިބާ އެކު އަނގަބަހުން އަދި ފޯނަކުން ވެސް މިހާތަނަށް ވާހަކަދައްކާފައި
ނުވާ ކަމަށާއި، ވަޒީރު ފޯނު ވެސް ނުނަގާ ކަމަށެވެ.
ރައްޔިތުން
އިންތިހާބު ކޮށްފައި ތިބި މީހުންނާ އަދި ގާނޫނުން މަތިކޮށްފައި ތިބި މީހުންނާ ބައްދަލު
ނުކޮށް މުއްތޮލިބު އުޅުއްވަނީ ސިޓީ ފޮނުވައިގެން މުއާމަލާތްތައް ކުރެވޭތޯކަމަށްވެސް
އާޒިމް ވިދާޅުވިއެވެ. އަދި ވިދާޅުވީ، ރައްޔިތުންނަށް ކަންކަން އޮޅުވާލައި، ބޮޑެތި
ދޮގުތައްވެސް ހަދަމުންދާކަމަށެވެ.
މޭޔަރު ވަނީ
މަޤާމުގެ ޒިންމާ އަދާކުރެއްވުމަށްވެސް މުއްތޮލިބަށް ގޮވާލައްވާފައެވެ. އަދި ގާނޫނީ
އިމުގެ ތެރެއަށް ވަދެގެން ހުރިހާ ކަމެއް ކުރަން އެންމެންވެސް ގުޅިގެން ހިނގަން ޖެހޭ ކަމަށްވެސް
ވިދާޅުވިއެވެ.
ހަމައެއާއެކު،
ލިޔެކިޔުމުން މިހާރު ހުރިހާ އެއްޗެއް ފޮނުވިފައި ހުރި ކަމަށާއި، އެއްވެސް އެއްޗަކަށް
މިހާތަނަށް ޖަވާބު ދެއްވާފައި ނުވާ ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ، ކައުންސިލުން ރައްޔިތުންނަށް ކޮށްދެންޖެހޭ ކޮންމެ ކަމެއް
ކުރަން ތައްޔާރަށް ތިބި ކަމަށާއި، ގާނޫނީ އިމުގެ ތެރެއިން އެ ކަންކަން ކުރެވޭނެ ކަމަށެވެ.