މިހާރުގެ ސަރުކާރުގައި ސިޔާސަތެއް ނެތް ކަމަށާއި
ޤާނޫނަކަށް ޤަވާއިދަކަށް ބެލުމެއްވެސް ނެތް ކަމަށް ގާނޫނީ ވަކީލު އަހުމަދު މައުރޫފް
ވިދާޅުވެއްޖެއެވެ.

ގާނޫނީ ވަކީލު މައުރޫފް މިފަދައިން ވާހަކަ ދައްކަވާފައި
ވަނީ ސަރުކާރުން އަޅަމުންދާ ވަޒީފާގެ ފިޔަވަޅުތަކާއި ސަރުކާރުގެ އަމަލުތަކާ ގުޅިގެން
ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

މައުރޫފް ވިދާޅުވީ، ސަރުކާރު ހިންގާ ޕާޓީގައިވެސް
ސިޔާސަތެއް ނެތް ކަމަށާއި، ނުވިތާކަށް ޤާނޫނަކަށް ޤަވާއިދަކަށް ބެލުންވެސް މިއަދު ނެތް
ކަމަށެވެ.

މިސާލެއްގެ ގޮތުން، ޕެންޝަން ފައިސާއާ ގުޅޭ ޤާނޫނީ
އުސޫލުތަކެއް އޮތް ނަމަވެސް، ވެމްކޯގައި އެކަނިވެސް ޕެންޝަން ފައިސާ ޖަމާނުކުރާތާ އެތައް
ދުވަހެއް ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މިންވަރަށް ޤާނޫނާ ޚިލާފުވާ ބަޔަކު އަދި ރައްޔިތުންގެ
ޙައްޤުތަކަށް އިހުތިރާމު ނުކުރާ ބަޔަކު ވަޒީފާގެ ފިޔަވަޅެއް އަޅައިގެން ހައިރާންވާކަށް
ނުޖެހޭ ކަމަށް މައުރޫފް ވިދާޅުވިއެވެ.

މި މިންވަރަށް ޤާނޫނާ ޚިލާފުވާ ބަޔަކު އަދި ރައްޔިތުންގެ ޙައްޤުތަކަށް އިހުތިރާމު ނުކުރާ ބަޔަކު ވަޒީފާގެ ފިޔަވަޅެއް އަޅައިގެން ހަގީގަތުގައި އަޅުުގަނޑުމެން ހައިރާނެއް ނުވަން 
 ގާނޫނީ ވަކީލު އަހުމަދު މައުރޫފް

މައުރޫފް އިތުރަށް ވިދާޅުވީ، ސަރުކާރުގެ ސިޔާސީ
މަޤާމުތަކުގައި ތިބި ފަރާތްތަކުންވެސް މިއަދުގެ ސަރުކާރުގެ ސިޔާސަތުތައް ޤަބޫލު
ނުކުރާ ކަމަށެވެ. އަދި މިއީ ސަރުކާރުގެ ތެރޭގައި އޮތް ބޮޑު މައްސަލައަކަށް ވެފައިވާކަން
އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ވަޒީފާއާ ބެހޭ ގާނޫނާއި ޕެންޝަނާ ބެހޭ ގާނޫނުގައި
ބުނާ ގޮތުގެ މަތިން އަމަލުކުރުމަކީ ސަރުކާރުގެ ޒިންމާއެއްކަމުގައިވީނަމަވެސް، ޤާނޫނަށް
އަމަލު ނުކުރާކަމަށް ބުނެ ގިނަ ބަޔަކު ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.