ޔޫ.އެސް ގެ ޑިޕްލޮމެޓިކް ސެކިއުރިޓީ އެންޑް އެންޓި ޓެރަރިޒަމް އެސިސްޓެންޓް ޓީމުގެ ފަރާތުން ކޭ ނައިން ހާއްސަ ޓްރެއިނިންގ ތަކެއް ކުރިއަށް ގެންގޮސްފި އެވެ.
މެއި 22 އިން ފެށިގެން ޖޫން 4 އަށް މާލެ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކުރިއަށް ގެންދިޔަ މި ޓްރެއިނިންގ ސެޝަންތަކަކީ ކޭ ނައިން އޮޕަރޭޝަންސްގެ މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށް ކުރިއަށް ގެންދިޔަ ސެޝަންތަކެކެވެ.
މި ޓްރެއިނިންގ ސެޝަންތަކުގައި އިންޑޯ އަދި އައުޓްޑޯގައި ފާރަ މަސައްކަތްކުރާ ގޮތުގެ ޑެމޮންސްޓްރޭޝަންތަކާ އެކު ތަމްރީނުދީފައިވެއެވެ. އަދި ފާރަ ބޭނުންކޮށްގެން، އެންމެ ފަހުގެ ހުނަރުތަކާއެކު ޔޫ.އެސް.ގެ ވެޓިރެނަރީ ހާއްސަ ޑޮކްޓަރުގެ އިރުޝާދާ އެކު ފަސްޓްއެއިޑް ޓެކްނިކްސް ކުލާސްތައް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.
އޭގެ އިތުރުން، ވެހިކަލް ބަލައިފާސްކުރާނެ ގޮތުގެ ފަރިތަކުރުންތައް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.