ފުލުހުންގެ ސްޕޯކްސްޕާސަންގެ މަގާމުގައި ހުންނެވި، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު ޝިފާން އެ މަގާމުން ވަކި ކޮށްފި އެވެ.

ރާއްޖެ އެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މަގާމުން ޝިފާން ވަކި ކޮށްފައި ވަނީ އާދީއްތަ ދުވަހު އެވެ. އަދި ޝިފާންގެ ބަދަލުގައި އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އާރިފް އެވެ. ނަމަވެސް އެ މަގާމުން ޝިފާން ވަކި ކުރި ސަބަބެއް ސާފުވެފައި ނުވެ އެވެ.

އެކަމާ ގުޅޭ ގޮތުން ޝިފާން ވިދާޅުވީ، ފުލުހުންގެ އައު ސްޕޯކްސްޕާސަންއެއް އާދީއްތަ ދުވަހު އައްޔަން ކުރައްވާފައިވާ ކަމަށާއި، ރަސްމީ ބަހެއް ބޭނުންވާ ނަމަ ފުލުހުންގެ ޚިދުމަތުން އެކަން ސާފު ކުރެއްވުމަށް އެދޭ ކަމަށެވެ.

(އިތުރު ތަފްސީލް އަންނަނީ)