އެންމެން
ފަޚުރުވެރިވާ ފަދަ މަސައްކަތްތަކެއް އަބްދުﷲ ސޯދިގު (ސޯބެ) އެމްޑީޕީ ޕީޖީ ގްރޫޕުގައި
ކުރައްވާނެކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙު ވިދާޅުވެއްޖެއެވެ.
ރައީސް
ސޯލިޙު އެފަދައިން ވިދާޅުވީ ހޮނިހިރު ދުވަހުގެރޭ އިތުބާރު ކެމްޕޭނު ޓީމުން ބޭއްވި
ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ސޯލިހުގެ
ވާހަކަފުޅުގައި ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވި އަބްދުއްﷲ
ސޯދިގަށް މަރުހަބާ ދެންނެވިއެވެ. ސޯބެގެ އެ ކާމިޔާބީއަކީ މިވަގުތަށް އެމްޑީޕީއާއި މި
ގައުމަށްވެސް ނުހަނު ބޭނުން ވެފައި އޮތް ކަމެއް ކަމަށް ރައީސް ސޯލިޙު ވިދާޅުވިއެވެ.
ރައީސް
ސޯލިޙު އިތުރަށް ވިދާޅުވީ، އިންތިޚާބަކަށްފަހު އިންތިޚާބެއްގައި ރައްޔިތުން އެދަނީ
މި ސަރުކާރަށް ނޫނެކޭ ބުނަމުން ކަމަށެވެ.
މީގެ އިތުރުން،
އެމްޑީޕީގައި މިވަގުތު ތިއްބެވި މެމްބަރުންނަށް އިތުރު އެހީތެރިކަން ބޭނުންވާ ކަމަށްވެސް
ރައީސް ސޯލިހު ވިދާޅުވިއެވެ. ވީއިރު، ސޯބެ މަޖިލީހާ ގުޅިވަޑައިގަތުމަކީ އެ
މަސައްކަތްތަކަށް ލިބޭނެ ވަރަށް ބޮޑު ބާރެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް
ސޯލިޙު ވަނީ އެންމެން ފަޚުރުވެރިވާ މަސައްކަތްތަކެއް ސޯބެ އެމްޑީޕީ ޕީޖީ ގްރޫޕުގައި
ކުރައްވާނެ ކަމުގެ ޔަޤީންކަން އޮތްކަމަށްވެސް ވިދާޅުވެފައެވެ.
އިންތިޚާބަކަށްފަހު އިންތިޚާބެއްގައި ރައްޔިތުން އެދަނީ މި ސަރުކާރަށް ނޫނެކޭ ބުނަމުން، އެމްޑީޕީގައި މިވަގުތު ތިއްބެވި މެމްބަރުންނަށް އިތުރު އެހީތެރިކަން ބޭނުންވޭ، ސޯބެ މަޖިލީހާ ގުޅިވަޑައިގަތުމަކީ ލިބޭނެ ވަރަށް ބޮޑު ބާރެއް، އެންމެން ފަޚުރުވެރިވާ މަސައްކަތްތަކެއް ސޯބެ އެމްޑީޕީ ޕީޖީ ގްރޫޕުގައި ކުރައްވާނެކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙު
ރައްޔިތުންގެ
މަޖިލީހުގެ ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގެ ވަގުތީ ނަތީޖާ
އިން ސޯބެ ވަނީ ކުރިހޯއްދަވާފައެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން ހަތް ވޯޓު ފޮށިން
އެމްޑީޕީ ގެ ކެންޑިޑޭޓް ސޯދިގު އަށް ލިބިފައިވަނީ 1375 ވޯޓެވެ. އަދި ޕީއެންސީގެ
ކެންޑިޑޭޓް ސައީދު އަށް ލިބިފައިވަނީ 1313 ވޯޓެވެ.