ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގެ ވަގުތީ ނަތީޖާ އިން އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކެނޑިޑޭޓް އަބްދުﷲ ސޯދިގު (ސޯބެ) ކުރި ހޯއްދަވައިފި އެވެ. 

ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ވާދަކުރައްވާފައި ވަނީ އަހުމަދު ސައީދު (ސޮޑާ) އެވެ.

މި އިންތިޚާބުގެ ވޯޓުލުން ފަށާފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 ގަ އެވެ. ވޯޓުލުން މިއަދު ހަވީރު 5:00 އާ ހަމައަށް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. 

މި އިންތިޚާބުގައި ވޯޓުލުމަށްޓަކައި ޖުމްލަ 7 ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އައްޑޫ ސިޓީ ހިތަދޫގައި ބަހައްޓާފައިވާ 5 ފޮއްޓާއި، މާލޭގައި ދިރިއުޅޭ އެ ދާއިރާގެ ރައްޔިތުންނަށް ޚާއްޞަކޮށްގެން މާލޭގައި ބަހައްޓާފައިވާ 2 ފޮއްޓެވެ. ހިތަދޫގައި ވޯޓު ފޮށިތައް ބަހައްޓާފައިވަނީ ހިތަދޫ ސްކޫލްގަ އެވެ.

މާލޭގައި ވޯޓުލުން ކުރިއަށްދަނީ ދަރުމަވަންތަ ސްކޫލްގަ އެވެ. އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި ބައި-އިލެކްޝަންގައި ވޯޓު ދިނުމުގެ ހައްޤު ޖުމްލަ 4،121 މީހުންނަށް ލިބިގެންވެ އެވެ.

އިތުރު ތަފްސީލް އަންނަނީ......