''އަދަދު'' ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނާސިރާއި، މުހައްމަދު ޝަހްޒާން ޖަލުގޮޅި ބަދަލު ކޮށްފައި ވަނީ ފޯނެއް ފެނިގެން ކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެފައި ވަނިކޮށް، ފުލުހުން އެ މައްސަލަ ބަލަން ފަށައިފި އެވެ. 

ފުލުހުން އެ މައްސަލަ ބަލާކަން ހާމަ ކުރި ނަމަވެސް އެކަމާއި ގުޅުން ހުރި އިތުރު ތަފްސީލް ހާމަ އެއް ނުކުރެ އެވެ. 

އިހުސާން ވަނީ އެ ދެ ނޫސްވެރިން ތިބި ގޮޅި ބަލާ ފާސްކުރުމުގެ ތެރޭގައި އެ ގޮޅިން ފޯނެއް ފެނިފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެ ފޯނު ފެނުނީ އާއްމު ފަރާތަކުން ދިން މައުލޫމާތާއި ގުޅިގެން ކަރެކްޝަން އޮފިސަރުން ގޮޅި ބަލާ ފާސް ކުރި އިރު ކަބަޑު ތެރޭގައި ހުރި އަންނައުނުތަކެއްގެ ތެރެއިން ކަމަށް ވެސް އިހުސާން ވަނީ ވިދަޅުވެފަ އެވެ. 

އެ ދެ މީހުން ދެ ގޮޅީގައި ބައިތިއްބާފައި ވަނީ އެ ދެ މީހުން ފަސޭހައިން މޮނިޓަރ ކުރެވޭ ގޮތަށް އެހެން ގައިދީންނާއި މެދު ވެސް އަމަލުކުރާ އުސޫލުގެ ދަށުން ކަމަށް އިހުސާން ވަނީ ވިދާޅުވެފަ އެވެ. މިއީ ވަކި ގައިދީ އަކަށް ވެގެން ނޫނީ ވަކި ފަރާތަކުން އަންގައިގެން ކުރި ކަމެއް ނޫން ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.

ކްރިިމިނަލް ކޯޓުން ނެރުނު ގެގް އަމުރާ ހިލާފުވި ކަމަށް ކަނޑައަޅައި، ޝަހްޒާން ޖަލަށްލީ މި މަހުގެ 12 ގައެވެ. ޖަލު ހުކުމް ތަންފީޒު ކުރުމާއެކު، ހުޅުމާލެ ޖަލުން ވަނީ ދޫކޮށްލައިފައެވެ.