ނޫސްވެރިން މިނިވަން ކުރުމަށް ގޮވާލާ ކުރަމުންދިޔަ މުޒާހަރާތަކުގެ ތެރެއިން ހިޔާލު ފާޅުކުރަމުން ދަނިކޮށް ހައްޔަރުކޮށް ބަންދުކޮށްފައިވާ ސޯޝަލް މީޑިއާ އެކްޓިވިސްޓު ޝަމްއޫނު ޖަލީލު (ލޫކަސް) ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ.
މި މަހުގެ 13 ވަނަ ދުވަހުގެ ރޭ އޭނާ ހައްޔަރުކޮށްފައި ވަނީ މަޖިދީ މަގު ޗާންދަނީ މަގު ކަންމަތީގައި ކުރި މުޒާހަރާ އެއްގައި ނޫސްވެރިން ހައްޔަރުކުރުމާއި ދެކޮޅަށް އަޑު އުފުލަމުން ދަނިކޮށެވެ. އޭނާގެ ބަންދަށް ކޯޓުން ޖަހާފައި ވަނީ 10 ދުވަހެވެ. ފުލުހުން ބުނީ އެ މުޒާހަރާ އިން ހައްޔަރު ކުރި މީހުން ހައްޔަރުކޮށްފައި ވަނީ މުޒާހަރާއިން ހައްޔަރު ކުރި މީހުން ހައްޔަރުކޮށްފައި ވަނީ، އަމުރަށް ނުކިޔަމަންތެރިވުމުގެ ސަބަބުން ކަމަށެވެ.
ޖަލު ބަންދުގައި ހުރެ ލޫކަސް ވަނީ މެސެޖުތަކެއް ފޮނުވާފަ އެވެ. އޭނާ ވަނީ ބޭއިންސާފާ ދެކޮޅު ހެދުމަށް ހިތްވަރުދީފަ އެވެ. އަދި އޭނާއަކީ އަސާސީ ހައްގުތަކާއި މިނިވަންކަމާ އެއްކޮޅައަށް އަބަދުވެސް މަސައްކަތް ކުރާނެ މީހެއްކަން ފާހަގަކޮށްފައިވެ އެވެ.