މި އަހަރުގެ އެޕްރީލު މަހު މުދަލު ޒަކާތުން ކޮށްފައިވާ ހޭދަތައް އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސް އިން ބުނެފި އެވެ. 

ފާއިތުވި އެޕްރީލު މަހު ޒަކާތު ފަންޑުން ކުރި ހޭދަތަކުގެ ތަފާސްހިސާބުތައް.
ފާއިތުވި އެޕްރީލު މަހު ޒަކާތު ފަންޑުން ކުރި ހޭދަތަކުގެ ތަފާސްހިސާބުތައް.

ފާއިތުވި އެޕްރީލު މަހު ޒަކާތު ފަންޑުން ކުރި ހޭދަތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު،2025 ވަނަ އަހަރުގެ އެޕްރީލު މަހު ހޭދަކުރި 2,828,118.28 ރުފިޔާއާ އަޅާބަލާއިރު، 2026 ވަނަ އަހަރުގެ އެޕްރީލު މަހު ޖުމްލަ 3,811,259.91 ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. މިއީ ގާތްގަނޑަކަށް 34.8 އިންސައްތައިގެ އިތުރުވުމެއް ކަމަށް ޒަކާތު ހައުސުން ބުނެ އެވެ. 

ފާއިތުވި އެޕްރީލު މަހު ޒަކާތު ފަންޑުން ކުރި ހޭދަތަކުގެ ތަފާސްހިސާބުތައް.
ފާއިތުވި އެޕްރީލު މަހު ޒަކާތު ފަންޑުން ކުރި ހޭދަތަކުގެ ތަފާސްހިސާބުތައް.

ޒަކާތު ހައުސުން ބުނީ 2026 އެޕްރީލު މަހުގެ ހޭދަތަކުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އެންމެ ބޮޑު ހޭދައެއްކޮށްފައިވަނީ ފަގީރުންނާއި މިސްކީނުންނަށް އެހީވުމަށާއި، ތައުލީމީ ދާއިރާއަށާއި، ކީރިތި ގުރުއާނާ ގުޅުންހުރި ޕުރޮގުރާމުތަކުގެ އިތުރުން އިޖުތިމާއީ ފައިދާއަށް ހިންގާ ހަރަކާތްތަކަށް ކަމަށެވެ. 

ފަގީރުންނާއި މިސްކީނުންނަށް ދިން އެހީ އިތުރުވިކަން ފާހަގަކޮށް ޒަކާތު ހައުސުން ބުނީ، 2026 އެޕްރީލު މަހު 1,449,239.39 ރުފިޔާ ހޭދަ ކޮށްފައިވާ ކަމަށެވެ. އެއީ ޒަރޫރީ ބޭނުންތަކަށް އެހީގެ ގޮތުގައި 182,731 ރުފިޔާ ހޭދަ ކޮށްފައިވާއިރު، ބޭސްފަރުވާގެ އެހީއަށް 1,266,508.39 ރުފިޔާ ހޭދަ ކޮށްފައިވެ އެވެ. 

މީގެ އިތުރުން ޒަކާތު ހައުސުން ބުނީ، ޒަކާތުގެ މަސައްކަތްތަކުގައި އުޅޭ މުވައްޒަފުންގެ މުސާރައާއި އިދާރީ ހިންގުމުގެ ހޭދަތައް ހިމެނޭ "ޢާމިލުން"ގެ ބައިން ކުރި ހޭދަ ކުޑަ ކުރެވިފައިވާ ކަމަށެވެ. 

ފާއިތުވި އެޕްރީލު މަހު ޒަކާތު ފަންޑުން ކުރި ހޭދަތަކުގެ ތަފާސްހިސާބުތައް.

ފާއިތުވި އެޕްރީލު މަހު ޒަކާތު ފަންޑުން ކުރި ހޭދަތަކުގެ ތަފާސްހިސާބުތައް.

ފާއިތުވި އެޕްރީލު މަހު ޒަކާތު ފަންޑުން ކުރި ހޭދަތަކުގެ ތަފާސްހިސާބުތައް.
ފާއިތުވި އެޕްރީލު މަހު ޒަކާތު ފަންޑުން ކުރި ހޭދަތަކުގެ ތަފާސްހިސާބުތައް.

އެގޮތުން 2025 ވަނަ އަހަރުގެ އެޕްރީލު މަހު މި ބައިން 483,077.82 ރުފިޔާ ހޭދަކޮށްފައިވާއިރު، މި އަހަރުގެ އެޕްރީލު މަހު މި އަދަދު ވަނީ 195,003.79 ރުފިޔާ އަށް ތިރިކުރެވިފައި ކަމަށް އެ އިދާރާއިން ބުނެ އެވެ. 

ފީސަބީލިﷲ މަޝްރޫއުތަކަށް ބޮޑު ކުރިއެރުމެއް ލިބުނުކަން ފާހަގަކޮށް ޒަކާތު ހައުސުން ބުނީ، މަތީ ތައުލީމު ފުރިހަމަ ކުރުމަށް 290,274.76 ރުފިޔާ، ޙާފިޛުން އުފެއްދުމުގެ ޕްރޮގްރާމްތަކާއި ގުރުއާނުގެ އިލްމު ފެތުރުމަށް 1,093,749.47 ރުފިޔާ އަދި އަތޮޅު ތެރޭގައި ގުރުއާން ސެންޓަރުތައް ބިނާކުރުމަށް 782,992.50 ރުފިޔާ އެހީގެ ގޮތުގައި ދޫކޮށްފައިވާ ކަމަށެވެ.

ޒަކާތު ހައުސްގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ އޭޕްރީލް މަހު މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 5,434,893 ދިވެހި ރުފިޔާ ލިބިފައިވެ އެވެ. މިއީ އޭގެ ކުރީ މަހާ އަޅާބަލާއިރު 53.8 އިންސައްތައިގެ ދަށްވުމެއް ނަމަވެސް، 2025 ވަނަ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު މިއީ 8.9 އިންސައްތައިގެ ކުރިއެރުމެކެވެ.