ހުޅުމާލެ ފަޅުތެރެއަށް ފޭބި މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާ ނިޔާވެފައި އޮތްވާ ފެނިއްޖެ އެވެ.

ނިޔާވެފައިވައި ވަނީ ކ.ގުރައިދޫ، ރަތްވިލާގެ، އުމުރުން 48 އަހަރުގެ އިބްރާހިމް ޝާކިރު އެވެ.

ފުލުހުން ރޭ މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ ބުރާސްފަތި ދުވަހުގެ ރޭ 06:30 ކަންހާއިރު ހުޅުމާލެ ސްޓެލްކޯ އާއި ދިމާލުން ފަޅުތެރެއަށް ވަލެއް އެއްސުމަށް ފޭބި ދިވެހި ފިރިހެނަކު ގެއްލިގެން އެ އިދާރާ އަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ ރިޕޯޓާ ގުޅިގެން، އެމީހާ ހޯދުމުގެ މަސައްކަތް މެރިން ޕޮލިސް އާއި ކޯސްޓް ގާޑު ގުޅިގެން ކޮށްފައިވާ ކަމަށެވެ. 

އެމްއެންޑީއެފްއިން މި މައްސަލަ އާއި ގުޅޭ ގޮތުން ބުނެފައި ވަނީ ހުޅުލެ ސީ ޕްލޭން ޓާމިނަލްގެ އުތުރުން އޮންނަ ފަޅުގައި އަޅާފައި އޮތް ތެޔޮ ބާޖަކުން މޫދަށް ފޭބި މީހަކު ގެއްލިގެން ހޯދަމުންދަނިކޮށް އޭނާ ފެނުނީ ހުޅުމާލެ ފަޅުތެރެއިން ކަމަށެވެ.

މީގެ އިތުރުން، ހުކުރު ދުވަހުގެ ހެނދުނު 08:25 އެހައިކަން ހާއިރު އޭނާ ފެނުނީ  މޫދުއަޑިން ކަމަށާއި، އޭނާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރުވެސް  ނިޔާވެފައިވާކަމަށް ހުޅުމާލެ ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ.