ވަޒީފާ އާއި ބެހޭ ޓްރައިބިއުނަލްގެ ރައީސް އިސްހާގު ހުސެއިން އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
އޭނާ މަޤާމުން އިސްތިއުފާދެއްވީ ބުރާސްފަތި ދުވަހުގެ ވަގުތެއްގަ އެވެ. ނަމަވެސް އޭނާ އެ މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް އޭނާ ވެސް އަދި ރައީސް އޮފީހުން ވެސް ހާމަ އެއް ނުކުރައްވަ އެވެ.
ވަޒީފާ އާއި ބެހޭ ޓްރައިބިއުނަލަކީ ވަޒީފާއާބެހޭ މައްސަލަތައް ބެލުމަށް ވަޒީފާއާބެހޭ ގާނޫނުގެ ދަށުން އުފައްދާފައިވާ މުއައްސަސާއެކެވެ. އެ ޓްރިބިއުނަލްގެ ރައީސްކަމަށް އިސްހާގު އައްޔަން ކުރައްވާފައި ވަނީ އޭޕްރީލް، 2024 ގަ އެވެ.
ނުވަ މެމްބަރުންގެ މައްޗަށް އެކުލެވޭ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރުންގެ ގޮތުގައި މިހާރު ތިއްބެވީ ޓްރިބިއުނަލްގެ ނައިބް ރައީސް ފާތިމަތު މަހީރާ މުހައްމަދުގެ އިތުރުން ޝަހީމާ ސަލީމް އާއި ސައުސަން އަލީ، މަރްޔަމް ރިޝްފާ އާއި ހިކުމާ އަހުމަދު ނިޒާރު އަދި އިޝާރާ އަބްދުލްއަޒީޒު އާއި ފާތިމަތު ސައުސަންގެ އިތުރުން ހަސަން އިބްރާހިމެވެ.