ވ. އަތޮޅުގައި ޑައިވް ކުރަނިކޮށް ގެއްލިގެން ހޯދަމުންދިޔަ ހަތަރު ފަތުރުވެރިންގެ ހަށިގަނޑު ފެނިއްޖެ އެވެ.
މި ހަތަރު މީހުންގެ ހަށިގަނޑުވެސް ފެނިފައިވަނީ އެމީހުން ޑައިވް ކުރަން އުޅުނު ކަނޑުއަޑީގެ ހޮހަޅައެއްގެ ތެރެއިން ނެވެ.
މި ހާދިސާގައި ގެއްލުނު ފަތުރުވެރިންގެ ހަށިގަނޑުތައް ފެނިފައިވަނީ އެ ހޮހަޅައިގެ ތިން ވަނަ ސެގްމެންޓްގެ ތެރެއިން ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
އެމްއެންޑީއެފް އިން ހާމަކުރި ގޮތުގައި، މި ފަތުރުވެރިން ހޯދުމަށްޓަކައި އެމްއެންޑީއެފް ކޯސްޓްގާޑާއި، ފުލުހުންގެ ޚިދުމަތުގެ އިތުރުން އިޓަލީ ސަރުކާރުން ހަމަޖެއްސި ބޭރުގެ ތަޖުރިބާކާރު ޑައިވަރުން ގުޅިގެން ހޯމަ ދުވަހު ވަނީ ހާއްސަ އޮޕަރޭޝަނެއް ހިންގާފަ އެވެ. މި އޮޕަރޭޝަނުގެ ތެރެއިން އެމީހުންގެ ހަށިގަނޑުތައް މިހާރު ވަނީ ލޮކޭޓް ކުރެވިފަ އެވެ.
ގެއްލުނު ހަތަރު ފަތުރުވެރިންގެ ހަށިގަނޑު ފެނިފައިވަނީ އެމީހުން ޑައިވް ކުރި ކޭވް ނުވަތަ ހޮހަޅައިގެ ތެރެއިން ކަމަށްވާއިރު، އެމީހުންގެ ހަށިގަނޑުތައް ނެގުމުގެ މަސައްކަތް ކުރިއަށް އޮތް ޑައިވްތަކުގައި ކުރުމަށް މިހާރު ވަނީ ރޭވިފަ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ.
މި ހާދިސާގައި ގެއްލުނު ފަތުރުވެރިންގެ ހަށިގަނޑުތައް ލޮކޭޓް ކުރެވިފައިވާއިރު، އެމީހުންގެ ހަށިގަނޑުތައް ނެގުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހާއްސަ ތަޖުރިބާކާރު ޑައިވަރުންގެ އެހީތެރިކަން ބޭނުންވާނެ އެވެ. މި މަސައްކަތުގައި އިޓަލީ ސަރުކާރުން ހަމަޖައްސާފައިވާ ބޭރުގެ ތަޖުރިބާކާރު ޑައިވަރުން ބައިވެރިވާނެ އެވެ.