ވ. އަތޮޅުގައި ފީނަން ދިޔަ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރުން ހޯދުމަށް، އެމްއެންޑީއެފުން ކުރިއަށްގެންދާ، ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި ހަރަކާތްތެރިވަމުން ދަނިކޮށް ނިޔާވި ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީގެ ކަށު ނަމާދު ހޮނިހިރުު ދުވަހުގެ ރޭ 10:00 ގައި އޮންނާނެ އެވެ.

މަހުދީ ނިޔާވީ، ހޮނިހިރު ދުވަހުގެ ޑައިވް އަށް ފަހު ހާލު ދެރަވެގެން، އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެނިކޮށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ސްޓާފް ސާޖެންޓް މަހުދީގެ ހަށިގަނޑު ވަޅުލުމުގެ އިންތިޒާމުތަކުގައި ސަހަރާގައި ސިފައިން ހަރަކާތްތެރިވަނީ.
އިތުބާރު ހުރި ގޮތެއްގައި މައުލޫމާތު ލިބިފައިވާ ގޮތުގައި ކުޅަދާނަ ޑައިވަރު ވަނީ އޭގެ ކުރީ ދުވަހުވެސް އެ ސަރަހައްދަށް ޑައިވް ކޮށްފަ އެވެ.
އުމުރުން 43 އަހަރުގެ މ. ޖަންބުގަސްދޮށުގޭ ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ އަކީ މީގެ ކުރިންވެސް ރެސްކިއު މިޝަންތަކުގައި އެތައް ޑައިވް އެއް ކޮށްފައިވާ ކުޅަދާނަ، ހުނަރުވެރި ފަރާތެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ސްޓާފް ސާޖަންޓް މަހުދީގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ އިސްލާމީ މަރުކަޒުގަ އެވެ. މައްޔިތާ އަށް ޒިޔާރަތް ކުރުން ރޭގަނޑު 7:00 ގައި އިސްލާމީ މަރުކަޒުގައި ފެށިފައިވާއިރު ގިނަ އަދަދެއްގެ މީހުން ގެންދަނީ މަހުދީގެ މޫނު ދުށުމަށް ޒިޔާރަތް ކުރަމުންނެވެ.